13 ފެބުރުއަރީ 2018
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ހަކުރު ބަލި ހުންނަ ބޭފުޅެއް ކަމަށާއި އެކަމަކު ފޮނުވާ ބޭސް އެ މަނިކުފާނަށް ނުދޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ހަކުރު ބަލި ހުންނަ ބޭފުޅެއް ކަމަށާއި އެކަމަކު ފޮނުވާ ބޭސް އެ މަނިކުފާނަށް ނުދޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރާ ބައްދަލުކުރުމަށް ފަހު އާއިލާއިން މިއަދު ބުނީ ދޫނިދޫ ޖަލުގައި އެ މަނިކުފާނު ހުންނަވަނީ ވަރަށް ހާލުގައި ކަމަށެވެ. އެކަމަކު އެންމެ ބޮޑުކަންބޮޑުވުމެއްގެ ގޮތުގައި އާއިލާއިން ފާހަގަކޮށްފައި ވަނީ ގަވައިދުން ބޭނުންކުރައްވަން ޖެހޭ އެ ބޭސް އުއްތަމަ ފަނޑިޔާރަށް ނުލިބުމެވެ.
އާއިލާއިން ބުނީ އެ މަނިކުފާނު ފަރިއްކުޅުވުމަށް އިއްޔެ ގެންދިޔައީ ގަރުދިޔަ އާއި ބަތާ އެއްކޮށްފައި ބާލިދީއެއްގައި ކަމަށެވެ. އަދި ހަކުރު ބަލި ހުރި ނަމަވެސް ސައި ވެސް ގެންގޮސްފައި ވަނީ ވަރަށް ގިނައިން ހަކުރު އަޅައިގެން ފޮނިގަދަކޮށް ކަމަށާއި ކާއެއްޗެހީގެ ފެންވަރު ވެސް ވަރަށް ދަށް ކަމަށް އާއިލާއިން ބުންޏެވެ.
އުއްތަމަ ފަނޑިޔާރު ހުންނެވި ޖަލުގެ ގޮޅި އާއިލާއިން ސިފަ ކުރެއްވީ ޖަނަވާރު ގެންގުޅޭ ކޮއްޓެއްގެ ގޮތަށެވެ. އެގޮތުން ކުޑަ ގޮޅީގައި އެއްވެސް އަލިކަމެއް އަދި ފަންކާއެއް ނެތް އިރު، ދުވާލާއި ރޭގަނޑު ވެސް އެތަނަށް ވަރަށް ހޫނުވާ ކަމަށް ބުންޏެވެ.
"މަދިރީގެ އުނދަގޫ އިންތިހާ އަށް ފޯރާ. މަދިރި ދުންދަނޑި ލިބެނީ ރޭގަނޑަށް އެކަނި. ނިދަން ޖެހެނީ ގޮދަނޑިއެއް ވެސް ނޯންނަ އައްޓެއް މަތީގައި،" ކަންބޮޑުވުންތައް ފާހަގަކޮށް އާއިލާއިން ނެރުނު ލިޔުމެއްގައި ބުނެފައި ވެ އެވެ.
އޭގައި ބުނެފައިވާ ގޮތުން ފާހާނާ ފްލަޝް ނުކުރެވޭއިރު ފާހާނާ ކުރުމަށް ފަހު ތާހިރުވާން ފެން ހޮޅިއެއް ވެސް ނުދެ އެވެ. އަދި ފާހާނާ އަށް ފެން އަޅަން ޖެހެނީ ތައްޓަކުން ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ބުނާ ގޮތުގައި ޖަލުގައި މި އަނިޔާތައް ދެނީ އެ މަނިކުފާނު އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރެއްވުމަށެވެ. އެހެންވެ، މިކަން ދިވެހިންނާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް އާއިލާއިން ބުންޏެވެ.
އުއްތަމަ ފަނޑިޔާރާ ދޭތެރޭ އަމަލުކުރަނީ އެއްވެސް އިންސާނަކާ ދޭތެރޭގައި އަމަލު ކުރެވިގެންވާނެ ގޮތަކަށް ނޫން ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ ވަކީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުން، ސިފައިންނާއި ފުލުހުން އެ ރޭ ސުޕްރީމް ކޯޓު ތެރެއަށް ވަދެ އެވެ.
1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން. 2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން. 3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.
ފުލުހުން ކުރިން ބުނެފައި ވަނީ، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގައި އިމާރާތް ކޮށްފައިވާ، އެޕާޓްމަންޓްތަކުން އެޕާޓްމަންޓެއް ބައްލަވައި ގަތުމަށް، ކުރި ރިޝްވަތުގެ މުއާމަލާތެއްގައި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންނެވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. އޭނާގެ އިތުރުން މިހާރު ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށް ވެސް މި ތުހުމަތު ކުރެ އެވެ.
ފުލުހުން ބުނެފައި ވަނީ، މި ބޭފުޅުން ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް މިހާރު ހޯދިފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
"އުއްތަމަ ފަނޑިިޔާރާ ދޭތެރޭ އަމަލުކުރަނީ އިހާނެތިކޮށް"
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
"އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދީ"