04 މާޗް 2018
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހެކި ނައްތާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހެކި ނައްތާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން ރޭވުމާއި ރިޝްވަތުގެ ތުހުމަތުތަކެއްގަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހައްޔަރުކުރި އެވެ.
އޭގެ ތެރެއިން މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ބޭނުންވާ ހެކި ނައްތާލިކަމުގެ ތުހުމަތުގައި އެ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ މިދިޔަ ހަފުތާގަ އެވެ. މީގެ އިތުރުން ފުލުހަށް ހާޒިރުވާން އެންގުމުން ހާޒިރުނުވެ، ފިލައިގެން އުޅުނު މައްސަލާގައި ހަސަންގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަތައް އެ އޮފީހުން މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާ ބުނާ ގޮތުން މީހަކު ހައްޔަރު ކުރުމަށް ނުވަތަ ދައުވާއެއް އުފުލަން ނުވަތަ މީހެއްގެ ދިފާއު ބިނާކުރަން ހުރަސް އެޅުމުގެ މަގްސަދުގައި، މާއްދީ ހެއްކެއް ނައްތާލައިފި ނަމަ ނުވަތަ ފޮރުވައިފި ނަމަ ނުވަތަ ބަދަލުކޮށްފި ނަމަ އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އިތުރު ހަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ.
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
ތަހުގީގަށް އެއްބާރުލުން ނުދޭ މީހުންގެ މައްސަލަ ޕީޖީއަށް
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
އުއްތަމަ ފަނޑިޔާރާ އަދިވެސް ބައްދަލު ނުކުރެވޭ: ހިސާން
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު