Roadha Mihaaru
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި

އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި

01 އެޕްރީލް 2018

ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދުން މިރޭ ދޫކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދުން މިރޭ ދޫކޮށްލައިފި އެވެ.

ނާސިރާ މި ދޫކޮށްލީ، ގޭބަންދުގައި ބަހައްޓަން މިދިޔަ މަހުގެ 17 ގައި ކްރިމިނަލް ކޯޓުން އިތުރުކުރި 15 ދުވަސް ހަމަވުމާ ގުޅިގެންނެވެ. އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކޮށްލަން ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ނާސިރާ ވެސް ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތުގަ އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރަކީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ނެރުނު އަމުރެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދޫނިދޫގައި ބަންދުކުރުމަށް ފަހު ނާސިރާ ގޭބަންދަށް ބަދަލުކުރީ، އޭނާގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި، ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް، ރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައި ވެ އެވެ. އަދި އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.