05 މެއި 2018
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ދެއްވި ބަޔާނުން، އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު ސާފުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ދެއްވި ބަޔާނުން، އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު ސާފުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ވެސް މިނިވަން ކުރަން އަންގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތު ކުރާއިރު، އެ ތަހުގީގަށް ފުލުހުން ނަގާފައިވާ ސިއްރު ހެކިންގެ ބަޔާންތައް ވަނީ ލީކުކޮށްލައިފަ އެވެ. އެއީ ސައްހަ ބަޔާންތަކެއް ފުލުހުން ބުނެފައި ވަނިކޮށް، ލުތުފީގެ ބަޔާން ވެސް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.
(ކ-ވ) ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.---ފައިލް ފޮޓޯތައް: މިހާރު
އޭގައި ލުތުފީ ވިދާޅުވީ، "ސުޕްރީމް ކޯޓުގެ ތެރެއިން" ވެރިކަން ވައްޓާލަން އުޅޭ އަޑު އިވިވަޑައިގެން، ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި ކަމަށެވެ. މައްސަލަ ބޮޑުވި އަމުރުގެ ޚަބަރުގެ މެސެޖް ލިބިވަޑައިގަތީ ހުޅުމާލޭގެ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބައްލަވަން އިންނަވަނިކޮށް ކަމަށާއި "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގުވާކަށް ނުވާނެއޭ" ވިދާޅުވާން އަލީ ހަމީދާއި ހަސަން ސައީދަށް އެ ވަގުތު ގުޅުއްވޭތޯ ބެއްލެވި ކަމަށް ލުތުފީގެ ބަޔާނުގައިވެ އެވެ. ދެ ބޭފުޅުން ވެސް މެސެޖަށް ޖަވާބު ނުދެއްވިއިރު، އެ އަމުރާ ގުޅިގެން ކަންބޮޑުވެވަޑައިގެންނެވި ކަމަށް ވެސް ލުތުފީ ދެއްވި ހަ ސޮފްހާގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާން އާއްމުވުމާ އެކު، ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އަންނަނީ އޭނާގެ އިސްތިއުފާ އަށް ގޮވަމުންނެވެ. ސަބަބެއް ކަމަށް ދައްކަނީ، ގާނޫނުއަސާސީގައި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޭސީސީގެ ރައީސްގެ ނަޒާހަތްތެރިކަމެއް ނެތްއިރު، ނުފޫޒުން އެއްކިބާވެ މިނިވަންކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އޭނާ އަށް އަދާނުކުރައްވާ ކަން އެ ބަޔާނުން ސާފުކޮށް ހާމަވާން އޮތުމެވެ.
Pls conduct session to call OSTHIUFAA luthufee pic.twitter.com/F5zPr5jp7v
— SlaveMv (@saudbe) May 4, 2018
ލުތުފީ އަށް ފާޑުވިދާޅުވެ ސޯޝަލްމީޑިއާގައި ކޮށްފައިވާ ޓުވީޓެއް.
ކެއުންތަކުން ފަނޑިޔާރުންނާ ވަރަށް ގިނައިން ބައްދަލުކުރައްވާ ކަން ލުތުފީ ފާހަގަކުރައްވާފައިވާއިރު، މިނިވަން މުއައްސަސާއެއްގެ ވެރިޔަކަށް ހުންނަވައި، ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާއަށް ވުރެން ބޮޑަށް އޭނާ އަށް މުހިއްމު ވަނީ މަގާމު ދިފާއު ކުރެއްވުން ކަން ވެސް ބަޔާނުން އެނގޭ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
It’s clear from Luthfee’s own admission that he does all kinds of evil things away from public eyes. It’s nauseating to even think about how gross these people are.
— Justice For Maldives (@MDVJustice) May 4, 2018
ލުތުފީ އަށް ފާޑުކިޔައި މީހަކު ކޮށްފައިވާ ޓުވީޓެއް.
ލުތުފީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ބައެއް މީހުން ބުނިގޮތުގައި، އޭނާގެ ބަޔާނާ އެކު އޭސީސީ "މިނިވަންކަން އޮތް މިންވަރު" ވެސް ހާމަވެއްޖެ އެވެ. ބާރުތައް ވަކިކޮށްދީފައިވާ ނިޒާމުގައި ގާނޫނުއަސާސީގެ ބާރު ހިނގައި އިންސާފުން މި ގައުމުގައި ކަންކަން ކުރާނަމަ، އޭނާ އެ މަގާމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. އަދި ފަނޑިޔާރުންނަށް އޭނާ ދެއްވި އިންޒާރާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތަހުގީގުގައި ލުތުފީ ދެއްކެވި ވާހަކަތަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަނީ ޓުވިޓާ މެދުވެރިކޮށް ދެ ސުވާލެއް ކުރައްވައިފަ އެވެ. އެއް ސުވާލަކަށް މަހްލޫފް އެއްސެވީ، ދެ ފަނޑިޔާރުން ބޭރުން ފްލެޓް ބައްލަވައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތާއި އެކަމަށް ޚަރަދު ކުރައްވާ ގޮތަށް އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބަޔާނުގައި ލުތުފީ ވިދާޅުވިއިރު، އެ މުއާމަލާތް ހިންގަން އުޅުނު ކަން އެ ކޮމިޝަނުން ތަހުގީގު ނުކުރީ ކީއްވެތޯ އެވެ.
"ސުޕްރީމް ކޯޓުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ގަބޫލުކުރެވުނުއިރު އެކަން ޕޮލިހަށް އަދި [ރައީސް އަބްދުﷲ ޔާމީން]، ޔާމީން އަށް ނޭންގެވީ ކީއްވެތޯ؟،" ދެ ވަނަ ސުވާލުގައި މަހްލޫފް އެއްސެވި އެވެ.
Luthufee ah alhuganduge 2 suvaalu:
— Ahmed Mahloof (@AhmedMahloof) May 4, 2018
1- Flat gannaneekamaa & faisaa dhakkanee Qasim kamah thuhumathu eyru kurevunukamah bayaanuga vaairu, ACC inn ekan thahugeegu nukuree keeve ?
2- SC inn sarukaaru vattaalan ulheykamah qabool kurevunuiru ekan Police ah & Yameen ah neyngee keeve ? pic.twitter.com/jfqfb49Hrt
ނަޒާހަތްތެރިކަމުގެ ވާހަކަ އެންމެ އަޑުހަރުކޮށް އޭސީސީން ދައްކަމުން އައި ނަމަވެސް އެ ކޮމިޝަނުގެ ނަޒާހަތްތެރިކަން ގެއްލި، ގާނޫނީ ވާޖިބުތައް އަދާކުރަން ނުކުޅެދިފައިވާ ކަން ސާފުވެފައިވާ ކަމަށް ވެސް ޓުވީޓްތަކުގައިވެ އެވެ.
Enme gadha ah nazaahaitherikamuge vaahaka dhakkaa ulhey @ACC_Maldives Raees Luthufee ge nazaahaitherikamuge kanfulheh ves nei kan haama vejje! Luthufee ACC raees akah huttaa minivan kamaaeku nufoozun ehkibaave masakatheh nukureveyne!
— Ghalib (@GhalibSalym) May 4, 2018
If Anti Corruption Comission is headed by a person of such political interest, I strongly doubt the commission will be able to do its job. No wonder why so much corruption goes unchecked. ?
— Niyaz Yoosuf ? (@NiyazYoosuf) May 4, 2018
https://t.co/k3TuvIz98D
ލުތުފީގެ ނަޒާހަތްތެރިކަމެއް ނެތް ކަމަށް ފާޑުކިއުންތައް އިތުރުވެފައި މިވަނީ، ރެހެންދި ފްލެޓުން ސަރުކާރުން ހަމަޖައްސައިދިން އެޕާޓްމެންޓް ބައްލަވައިގަތް މައްސަލައިގައި ވެސް އޭނާ އަށް ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ސަރުކާރާ ދެކޮޅު ކަމެއް ނުކުރަން އިންޒާރު ކުރިން:ލުތުފީ
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
ބަޣާވާތުގައި މުހިންމު އެއްޗަކީ ކަޅުފޮށި: އަބްދުއްރަހީމް
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
ޖިނާއީ ތުހުމަތެއް އޮތުމަކުން އަމުރުތައް ބާތިލެއް ނުވާނެ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ