Roadha Mihaaru
އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި

އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި

07 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.

އަލީ ހަމީދުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، މ. މިބިނާ އިން މިއަދު އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކު ހައްޔަރު ކުރި ކަމަށާއި އަދި ރޭ އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކާއި އޭނާގެ އަނބިކަނބަލުން ވެސް ހައްޔަރު ކުރި ކަމަށެވެ.

ފުލުހުން ވަނީ އެ ބޭފުޅުން ދިރިއުޅުއްވާ ގެ ވެސް ރޭ ފާސްކޮށްފަ އެވެ. އަދި ލެޕްޓޮޕެއް ވެސް ވަނީ ގެންގޮސްފަ އެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، އިއްޔެ ރޭ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރީ ފްލެޓް ގަތުމުގައި ހިންގި ކަމަށް ބުނާ ރިޝްވަތުގެ ތުހުމަތެއްގަ އެވެ. އަލީ ހަމީދުގެ ފަރާތްޕުޅުން ކުރިން ބުނެފައިވަނީ ފްލެޓް ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މި ތުހުމަތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރުމާ އެކު ސިއްހަތު ގޯސްވެ، އަލީ ހަމީދު މިހާރު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.