ގެސްޓްހައުސްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
14 ޖުލައި 2016
ގެސްޓްހައުސްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
"ގެސްޓްހައުސް ކޮންފަރެންސް 2016"ގެ ނަމުގައި އަންނަ ސެޕްޓެމްބަރު 24 ގައި ވިލާ ކޮލެޖުގައި ބާއްވާ މި ކޮންފަރެންސަކީ މޯލްޑިވްސް ގެޓް އަވޭސް އިން އިންތިޒާމް ކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަށް ދިރާގު ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، މި އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބަލް ހަޖްރީ އާއި މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަނެެވެ. އަދި މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމީމް އަބްދުއްރައްޒާގާއި ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރު މުހައްމަދު ސަނީ އުމަރެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގަކީ އަބަދު ވެސް ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކޮށްދޭ ކުންފުންޏެއް ކަމަށާއި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ ފުރުސަތު ޓެކްނޮލޮޖީގެ ތެރެއިން ހޯދައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"ދިރާގުން ވަނީ ދާދި ފަހުން ގެސްޓްހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް ވެސް ތައާރަފް ކޮށްފައި. މި ކޮންފަރެންސަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް މިފަދަ އިތުރު ފުރުސަތުތަކެއް ތަނަވަސް ވެގެން ދާނެ ޕްލެޓްފޯމެއް ކަމަށް ގަބޫލް ކުރަން،" އޭނާ ވިދާޅުވި އެވެ.
މި ކޮންފަރެންސްގައި 120 އަށް ވުރެ ގިނަ ގެސްޓްހައުސްތަކުން މިހާރު ވެސް ބައިވެރިވެފައި ވާ އިރު، އެ ދާއިރާއަށް ތަފާތު ހިދުމަތްތައް ކޮށްދޭ ގިނަ ކުންފުނިތަކުން ވެސް ބައިވެރިވެފައި ވެ އެވެ
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގުން ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަ ޕްލެޓްފޯމެއް
ދިރާގުން ގެސްޓް ހައުސްތަކަށް ހާއްސަ ޓީވީގެ ހިދުމަތެއް
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް
ދިރާގުން ގެސްޓް ހައުސްތަކަށް އިންޓަނެޓް ހިދުމަތް ދެނީ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި