11 ފެބުރުއަރީ 2018
މިއުނިކް (ފެބްރުއަރީ 11) - ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ކުޅުނު 11 މެޗުން ލަނޑު ޖަހައި ބަޔާން މިއުނިކްގެ ޕޮލެންޑު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، އޭނާގެ ކޯޗު ޔުޕް ހެއިންކޭ މީގެ 46 އަހަރު ކުރިން ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ.
މިއުނިކް (ފެބްރުއަރީ 11) - ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ކުޅުނު 11 މެޗުން ލަނޑު ޖަހައި ބަޔާން މިއުނިކްގެ ޕޮލެންޑު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، އޭނާގެ ކޯޗު ޔުޕް ހެއިންކޭ މީގެ 46 އަހަރު ކުރިން ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ.
ބަޔާންގެ ކޯޗު ހެއިންކޭ 1972 ވަނަ އަހަރު ބޮރޫސިއާ މޮންޗެންގްލަޑްބެކަށް ކުޅުނުއިރު ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައިފަ އެވެ. ޖަރުމަނު ލީގުގައި ރޭ ބަޔާން 2-1 އިން ޝާލްކާ ބަލިކުރިއިރު، މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ. އެއާ އެކު ލެވަންޑޯސްކީ ވަނީ ހެއިންކޭގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
ލެވަންޑޯސްކީ ބަޔާނަށް ލީޑުނަަގައިދީފައިވަނިކޮށް ޝާލްކާ އަށް އެއްވަރުކޮށްދިނީ ކުރިން ޗެލްސީ އަށް ކުޅުނު ފޯވާޑް ފްރާންކޯ ޑި ސާންޓޯ އެވެ. ބަޔާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިނީ ތޯމަސް މުލާ އެވެ.
ބަޔާން ކޯޗު ހެއިންކޭ ރޭގެ މެޗުގައި ބެންޗުގައި ނެތެވެ. އެއީ ބަލިހާލަތު ހުރި ގޮތުން ކަމަށް އެ ޓީމުގެ އޮފިޝަލަކު ޖަރުމަނު މީޑިއާ އަށް ވަނީ ބުނެފަ އެވެ.
ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 2-0 އިން ހެމްބާގް ބަލިކޮށްފަ އެވެ. މި މެޗުގައި ޑޯޓްމަންޑަށް ލީޑުނަގައިދިނީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅޭ ޗެލްސީގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. މިއީ ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން ތިން ވަނަ ލަނޑެވެ. ޑޯޓްމަންޑުގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގައި މާރިއޯ ގޮޓްޒާ އެވެ.
ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 22 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގަށް ލިބިފައިވަނީ 22 މެޗުން 38 ޕޮއިންޓެވެ. ޑޯޓްމަންޑް ތިން ވަނައިގައި އޮތީ 22 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލެވަންޑޯސްކީ އަނެއްކާވެސް މުލާގެ ރެކޯޑަކާ ހަމަކޮށްފި
ރެކޯޑަކާ އެކު ލެވަންޑޯސްކީ އަހަރު ނިންމާލައިފި
ލެވަންޑޯސްކީ އަށް ޔޫރަޕުގެ ރަންބޫޓު ހަވާލުކޮށްފި
ހެޓްރިކާއެކު ލެވަންޑޯސްކީ އަށް 300 ގޯލް
މުލާގެ ޒަމާންވީ ރެކޯޑް ލެވަންޑޮވްސްކީ މުގުރާލައިފި
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން ލީޑުފުޅާކޮށްފި
ލެވަންޑޯސްކީގެ ގޯލާ އެކު ބަޔާނަށް މޮޅެއް
މުލާގެ ރެކޯޑު މުގުރާލުމަކީ ލެވަންޑޯސްކީގެ އަމާޒެއް
ލެވަންޑޯސްކީ އަށް ޖަރުމަން ލީގުގެ ބޮޑު ރެކޯޑެއް
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާނަށް ބޮޑު މޮޅެއް