07 ފެބުރުއަރީ 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށް ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށް ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މައުމޫން ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެކަމުގެ ހެކި ބަސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މި ތުހުމަތާ ގުޅިގެން، މައުމޫންގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ހުރިހާ ތުހުމަތަކަށް ވެސް މައުމޫން އިންކާރު ކުރައްވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، ފުރިހަމަ ތަހުގީގެއް ނުހިނގާނެ ކަމަށް ވެސް ވަކީލް ވިދާޅުވެފައިވެ އެވެ.
Pres. @maumoonagayoom rejects all accusations by @PoliceMv
— Maumoon Hameed (@maanhameed) February 7, 2018
A proper investigation would not hide under cover of #StateOfEmergency
or shy away from the clear light of #RuleofLaw or fear the accountability of #DueProcess or be terrified of an independent @judiciarymv
Bring it.
މައުމޫންގެ ޓްވީޓް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ސަލާމަތީ ބާރުތަކުން ވަނީ މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތެވެ.
ހެކި ފޮރުވުމުގެ ތުހުމަތެއް މައުމޫންގެ މައްޗަށް ކޮށްފި
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ރިިޝްވަތަށް އެދުނުކަމުގެ ތުހުމަތު ބަލަން ކޯޓުން ފުލުހަށް
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ