Roadha Mihaaru
ކުލި ލިބޭ ފަރާތްތަކަށް 500،000ރ. ގެ ލޯނެއް

ބީއެމްއެލްއިން ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކަށް 500،000ރ. އާ ހަމައަށް ލޯނެއް

06 ފެބުރުއަރީ 2018

އަމިއްލަ ގެދޮރު ކުއްޔަށްދީގެން އާމްދަނީ ލިބޭ ފަރާތްތަކަށް ފަސޭހަކަމާއެކު 500،000ރ. އާ ހަމައަށް ލޯނު ލިބޭ ޚާއްސަ ސްކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ތައާރަފުކޮށްފި އެވެ

އަމިއްލަ ގެދޮރު ކުއްޔަށްދީގެން އާމްދަނީ ލިބޭ ފަރާތްތަކަށް ފަސޭހަކަމާއެކު 500،000ރ. އާ ހަމައަށް ލޯނު ލިބޭ ޚާއްސަ ސްކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ތައާރަފުކޮށްފި އެވެ

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ލޯނު މެދުވެރިކޮށް އަމިއްލަ އަދި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެ ކަމަށެވެ. އެ ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލް ކޮށްދިނުމަށާއި ވިޔަފާރި އަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެ ލޯނު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނު ކުރުމަށް ފަހު ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މި ލޯނާ ބެހޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ، ބީއެމްއެލްއިން އަލަށް ތައާރަފްކުރި ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު، ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް ކަމަށެވެ. އަދި ކުލީގެ ގޮތުގައި އާމްދަނީ ލިބޭ މީހުންނަށް އަމިއްލަ ގެދޮރު ރަހުނު ކުރުމަށް ފަހު ފަސޭހަކަމާއެކު 500،000ރ. އާ ހަމައަށް ދޫކުރާ ލޯނަކަށް ވުމުން އެއީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން އިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާކާއެކު 20 އަތޮޅުގައި 34 ބްރާންޗާއި 33 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 92 އޭޓީއެމް ބޭނުންކުރެ އެވެ.