01 ފެބުރުއަރީ 2018
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއްގެ މައްސަލާގައި 10 ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް، ހިއްސާ އާއި މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއްގެ މައްސަލާގައި 10 ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް، ހިއްސާ އާއި މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެކައުންޓް ފްރީޒް ކުރި ދެ މީހުންނަކީ ރާއްޖެއިން ބޭރުގައި ފިލައިގެން މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަ މ. ސެސްނާ، އަބްދުއްލަތީފް އަބޫބަކުރެވެ.
އެ އަމުރުގެ ދަށުން އެކައުންޓްތައް ފްރީޒްކުރި ކުންފުނިތަކަކީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި ވައިލްޑް އަލްމަންޑް ޕްރައިވެޓް ލިމިޓެޑާއި ޕްރެންޒާ ޕްރިންޓާސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑާއި ގްލެޑިއަން ޕްރައިވެޓް ލިމިޓެޑާއި ގްލެޑިއަން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ކޯޓުން އަމުރުގައިވަނީ އެ ފަރާތްތަކާއި ކުންފުނިތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށާއި އެ ކުންފުނިތަކުގައި މޮހޯ އާއި އަބްދުލްލަތީފްގެ އެއްވެސް ހިއްސާއެއްވާ ނަމަ، އެހެން ފަރާތަކަށް ހިއްސާ ދީ ނުވަތަ ވިއްކުން ފަދަ ކަމެއް ނުކުރުމަށާއި އެއިން އެއްވެސް ކުންފުންޏެއްގެ އެސެޓްތަކުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމަށެވެ.
އެގޮތަށް ކޯޓުން އަމުރު ނެރުނީ އެމްއެމްޕީއާރުސީއަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް، އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ. އެ ފައިސާ ހޯދަން ދައުވާ ކުރަނީ އައްލާމާއި އަބްދުއްލަތީފާއި އެސްއޯއެފްގެ މައްޗަށެވެ.
ދެން ހުރި ކުންފުނިތަކުގެ އެކައުންޓްތަކާއި އެސެޓްތައް ހިފެހެއްޓީ އެ ކުންފުނިތަކުގައި އައްލާމްގެ ހިއްސާ އޮތް ކަމަށް ބުނެ ދައުލަތުން އެގޮތަށް އެދުމުންނެވެ. ކޯޓުގެ ނިންމުމުގައިވަނީ އެ ފައިސާ ދައުލަތަށް ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ބިރު އޮންނާތީ ވަގުތީ އަމުރެއް މެދުވެރިކޮށް ހިމާޔަތް ކުރަންޖެހޭ ކަމެއް އެބައޮތް ކަމަށެވެ.
މީގެ އިތުރުން އެސްއޯފްގައި މަސައްކަތްކުރި އަހުމަދު އިޝްފާހު އަލީގެ އެކައުންޓްތައް ހިފަހައްޓަން ވެސް ދައުލަތުން އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ދައުވާގައި ހިމެނޭ ފައިސާ އާއި އިޝްފާހާ ގުޅުންހުރި ބުނެދެވިފައި ނުވާތީ އިޝްފާހުުގެ އަމިއްލަ އެކައުންޓްތަކާއި އެސެޓްތައް ހިފެހެއްޓެން ނެތް ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. އޭގެ ތެރެއިން އެއް ދައުވާ ސާބިތުވެ، މިހާރު ވެސް ޒިޔަތު ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް އެ މައްސަލާގެ ދައުވާއެއް ސާބިތުވެފަ އެވެ.
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
160 މިލިއަން ރުފިޔާގެ މައްސަލަ އަލުން ކޯޓަށް
160 މިލިއަން ރުފިޔާގެ މައްސަލަ ބޭރުކޮށްލައިފި
ޚިޔާނާތާ ހެދި ސަރުކާރުން އަތުލި ފަޅެއް ދޭން ޖެހިއްޖެ
އެސްއޯއެފް ކޯޓަށް ހާޒިރު ނުވިޔަސް މައްސަލަ ހިންގަނީ
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން ދައުވާކޮށްފި
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓްރިކަވަރީ ބިލެއް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން