06 ފެބުރުއަރީ 2017
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީ އިން ދައުވާކުރި މައްސަލައިގެ ޝަރީއަތަށް އެ ކުންފުނިން ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީ އިން ދައުވާކުރި މައްސަލައިގެ ޝަރީއަތަށް އެ ކުންފުނިން ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަދި މިހާރު ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އެކައުންޓަކަށް ޖަމާކޮށް، އެކި ފަރާތްތަކަށް ބެހި ކުންފުންޏެވެ.
އެމްއެމްޕީއާރުސީ އިން އެސްއޯއެފްއާ ދެކޮޅަށް ދައުވާކުރީ އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ 10 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފް އަށް ދިން ހަތަރު ލައްކަ ޑޮލަރު (ހަ މިލިއަން ރުފިޔާ) ހޯދުމަށެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތަށް އެމްއެމްޕީއާރުސީ އިން ހާޒިރު ނުވުމުން އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ އޮތީ ކޯޓުގެ ފައިސާ އާއި މުދަލުގެ ބޮޑެތި މައްސަލަ ބަލާ ޑިވިޝަންގަ އެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.
މީގެކުރިން އެ މައްސަލައިގެ ޝަރީއަތަށް އެސްއޯއެފް ހާޒިރު ނުވެ ތިބުމަށް ފަހު ހާޒިރުވާން ފެށީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ ކަން ކޯޓުން އިއުލާން ކުރުމުންނެވެ.
ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެކި ފަރާތްތަކަށް ވަނީ ބަހައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށްލާން ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ހިނގަމުންނެވެ.
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
މޮހޯ އާއި އޭނާއާ "ގުޅުންހުރި" އެކައުންޓުތައް ފްރީޒް
160 މިލިއަން ރުފިޔާގެ މައްސަލަ އަލުން ކޯޓަށް
ޚިޔާނާތާ ހެދި ސަރުކާރުން އަތުލި ފަޅެއް ދޭން ޖެހިއްޖެ
އެސްއޯއެފް ކޯޓަށް ހާޒިރު ނުވިޔަސް މައްސަލަ ހިންގަނީ
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން ދައުވާކޮށްފި
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓްރިކަވަރީ ބިލެއް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން