30 ޖެނުއަރީ 2018
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވިޔަސް އެ ގާނޫނަށް އަމަލުކުރަން ދެކޮޅުހަދާ ބަޔަކު އަދިވެސް އެބަތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވިޔަސް އެ ގާނޫނަށް އަމަލުކުރަން ދެކޮޅުހަދާ ބަޔަކު އަދިވެސް އެބަތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ފަށަން އެޓާނީ ޖެނެރަލްގެ އޮފީހުން ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވީ މިދިޔަ އަހަރު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުގައި އުނި ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ، މި ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް ކުރިން އަމަލުކުރަމުން އައި ވައްޓަފާޅި ބަދަލުކުރަން ބައެއް ފަރާތްތަކުން ބޭނުން ނުވުން ކަމަށެވެ. އެއީ، ކޮން ބައެއް ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ.
"މި ގާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބަޔާންކޮށްފައިވީ ނަމަވެސް އެކަން އެއްފަރާތްކޮށް، ތިމާމެން ކުރިން އަމަލުކުރަމުން އައިސްފައިވާ ގޮތަށް އަމަލުކުރަމުންދާކަން، މި މައްސަލައަކީ މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން އެޓެންޑްކުރަން ޖެހޭ މައްސަލައެއް،" ބިޝާމް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އާއްމުން ހޭލުންތެރިކުރަން ކެމްޕޭނެއް ފެށުމުގެ ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ގޮތަށް އަމަލުކުރަނީ، ޕީޖީ ވިދާޅުވި ގޮތުގައި، ދެ ސަބަބަކާ ހުރެ އެވެ. އެއް ގޮތަކީ ގާނޫނުގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމްނުވުން ކަމަށާއި ދެ ވަނަ ގޮތަކީ ގާނޫނަށް ނުބަލައި ފަސޭހަކޮށްލަންވެގެން ކުރިން އަމަލުކުރަމުން އައި ގޮތަށް އަމަލުކުރުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމް ނުވާ މީހުންނަށް ތަމްރީނުދީގެން އެ މައްސަލަ ހައްލުކުރެވުނަސް ދެ ވަނަ ގޮތުގައި ތިބި މީހުންނަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތެވެ.
"ހިތާމައަކީ ދެ ވަނަ ހާލަތުގައި ތިބި މީހުންގެ ތެރޭގައި ގާނޫނު ތަންފީޒުކުރަން ޖެހޭ ބަޔަކު ތިބިކަން،" ޕީޖީ ވިދާޅުވި އެވެ.
ބިޝާމް ވިދާޅުވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރަން، ކަމާގުޅޭ ހުރިހާ މުއައްސަސާތަކުން ފުރިހަމައަށް ތައްޔާރުވެ ތިބެން ޖެހެ އެވެ. މި ގާނޫނަކީ ނިޒާމީ ބޮޑު ބަދަލެއް އަންނާނެ ގާނޫނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ، ގޮންޖެހުންތަކާ ގުޅޭ ގޮތުން ޕީޖީ ވިދާޅުވީ އާ ގާނޫނެއް ތަންފީޒުކުރާއިރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެކަމަށް ޕީޖީ އޮފީހުން ވެސް ތައްޔާރުވެފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، އެ އޮފީހުގެ މުވައްޒަފުން ގާނޫނަށް އަހުލުވެރިކުރުވައި ގަވާއިދުތަކާއި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.
ޕީޖީ ބިޝާމް ވާހަކަ ދައްކަވަނީ: ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މުހިއްމުކަން ބޮޑު ނަމަވެސް އެ ގާނޫނު އަދި އޮތީ އެންމެ ފުރިހަމައަށް ކަމަށް ދެންނެވޭކަށް ނެތް. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް އެ ގާނޫނަށް ގެންނަން ޖެހޭ މުހިއްމު އިސްލާހުތަކެއް ކަމާބެހޭ އިދާރާތަކުން ވާނީ ފާހަގަކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި،" ބިޝާމް ވިދާޅުވި އެވެ.
އެ މަސައްކަތްތައް އޭޖީ އޮފީހުން ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
"ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފެށި ކެމްޕެއިނަކީ މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި އިޖްރާއާތުގެ ގާނޫނަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު އެކުލަވާލައި، އަމަލުކުރަން ފެށި ގާނޫނެކެވެ. އެ ގާނޫނުގައި ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމާ ބެހޭ އިޖްރާއާތުތައް ތަފްސީލުކޮށް ބަޔާން ކޮށްދީފައިވެ އެވެ.
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ޝަމީމަށް ޗެލެންޖް ބޮޑު، އެކަމަކު ޔަގީންކަން އެބަ އޮތް
ނަސަންދުރާ: 86 މިލިއަން ރުފިޔާގެ ހިޔާނާތެއް!
އިންސާފު ގާއިމުވާ ތަން ފެންނަން ޖެހޭ: ޕީޖީ ބިޝާމް
އާ ސިޔާސަތާ އެކު ތަފާތެއް ފެންނާނެތަ؟
ޖިނާއީ މައްސަލަތަކާ ބެހޭ އާ ސިޔާސަތު ކަނޑައަޅައިފި
އިޖުރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރަން ކެމްޕެއިނެއް