24 ޖެނުއަރީ 2018
ލަންޑަން (ޖެނުއަރީ 24) - އަލެކްސިސް ސަންޗޭޒް ގާތު އާސެނަލް ދޫކޮށްލުމަށް ނުބުނާ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ތިއެރީ އޮންރީ ބުނެފި އެވެ.
ލަންޑަން (ޖެނުއަރީ 24) - އަލެކްސިސް ސަންޗޭޒް ގާތު އާސެނަލް ދޫކޮށްލުމަށް ނުބުނާ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ތިއެރީ އޮންރީ ބުނެފި އެވެ.
ދާދި ފަހުން ސަންޗޭޒް ވަނީ އާސެނަލް ދޫކޮށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޔުނައިޓެޑާ ގުޅުމަށް ފަހު ސަންޗޭޒް އޭނާ އިންސްޓަގްރާމްގައި ލިޔެފައިވަނީ އޮންރީއާ ވާހަކަ ދެއްކި ކަމަށެވެ.
"އަހަރެން ހަނދާން ވާގޮތުގައި އޮންރީއާ އަހަރެން ވާހަަކަ ދެއްކިން. އޭނާ ވެސް ކްލަބް ދޫކޮށްލީ ހަމަ މި ސަބަބަށްޓަކައި މިއީ އަހަރެންގެ ފަހަރު،" އޭނާ ލިޔެފައިވެ އެވެ.
ސަންޗޭޒްގެ އިންސްޓަގްރާމް ޕޯސްޓާ ގުޅިގެން އާސެނަލްގެ ގިނަ ސަޕޯޓަރުން ވަނީ އޮންރީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.
އާސެނަލް ދޫކޮށް އޮންރީ 2007 ވަނަ އަހަރު ގުޅުނީ ބާސެލޯނާއާ އެވެ. އޮންރީ ބުނީ އޭނާ ސަންޗޭޒް ގާތުގައި ކްލަބް ބަދަލުކުރަން ނުބުނާ ކަމަށެވެ.
"އަހަރެން މިކަން އާސެނަލް ސަޕޯޓަރުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ވެސް ނުދެކެން. އެއްވެސް އިރެއްގައި އަހަރެން ސަންޗޭޒް ގާތުގައި އާސެނަލް ދޫކޮށްލާކަށެއް ނުބުނަން. އަހަރެންނަށް ސަންޗޭޒް ޔުނައިޓެޑާ ގުޅުނުކަން އެނގުނީ އެހެން މީހުންނެކޭ އެއްގޮތަށް ހަބަރަކުން. ސަންޗޭޒް ޔުނައިޓެޑާ ގުޅެން އުޅޭކަމެއް އަހަންނަށް ކުރިން އެނގިފައެއް ނެތް،" އޮންރީ ކުރި ޓްވީޓްގައިވެ އެވެ.
އޮންރީ ބާސެލޯނާއާ ގުޅުނީ ހަތް އަހަރު އާސެނަލަށް ކުޅުމަށް ފަހު އެވެ. އޮންރީ ވަނީ އާސެނަލާ އެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރާއި އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ސަންޗޭޒް އާސެނަލުގައި ތިން އަހަރާއި ބައި ހޭދަކުރިއިރު، އޭނާ ވަނީ އެ ޓީމާ އެކު އެފްއޭ ކަޕް ދެ ފަހަރު ހޯދައިފަ އެވެ.
އާސެނަލް ރަށުން ބޭރުގައި ބަލިވުމުން ހައިރާނެއް ނުވޭ
އާސެނަލް ގަންނަން އުޅޭ ބިލިއަނަރުގެ ފަހަތުގައި އޮންރީ
އާސެނަލާއި ބާސެލޯނާ އަށް ނޫނެކޭ ނުބުނާނަން: އޮންރީ
އޮންރީ ހަވާލުވާނީ ފްރާންސް ކްލަބަކާ: ވެންގާ
އާސެނަލްގެ ސީޒަން ހަލާކުކޮށްލީ ސަންޗޭޒް: ރިޕޯޓް
މިއީ އޮންރީއާ އާސެނަލް ހަވާލުކުރަންވީ ވަގުތު: ލަޕޯޓާ
އެންމެ ފަހުން ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް
ސަންޗޭޒް ހޯދުމުގެ ރޭހުން ސިޓީ ބޭރުވެއްޖެ
ސަންޗޭޒް ހޯދަން ބޮޑެތި ކްލަބްތައް ގަދަހިފުމަކަށް
ވެންގާ އަދިވެސް ސަންޗޭޒާ މެދު އުއްމީދުގައި