22 ޖެނުއަރީ 2018
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ރަޖިސްޓްރީނުކޮށް، އަމިއްލަ އަށް ކުނި އުކާލާ ނަމަ އަންނަ މަހުން ފެށިގެން ގޭޓް ފީއެއް ނަގަން ނިންމައިފި އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ރަޖިސްޓްރީނުކޮށް، އަމިއްލަ އަށް ކުނި އުކާލާ ނަމަ އަންނަ މަހުން ފެށިގެން ގޭޓް ފީއެއް ނަގަން ނިންމައިފި އެވެ.
ވެމްކޯގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން އަމިއްލަ އަށް ކުނި އުކާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ކޮށްގެން އަމިއްލަ އަށް ކުނިއުކާ ނަމަ އެއްވެސް ފައިސާއެއް ނުދީ ހިލޭ އެކަން ކުރެވޭނެ އެވެ.
އޭނާ ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ކުނި އުކާނަމަ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30ރ. ގެ ގޭޓް ފީއެއް ނަގާނެ ކަމަށެވެ.
ޝިފާއު ވިދާޅުވީ އަމިއްލަ އަށް ކުނި އުކަން ރަޖިސްޓްރީވުމުގެ ފުރުސަތު މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް ކުނިއުކަން ދާ މީހުންނަށް ހާއްސަ ކާޑެއް ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރިން ވެސް އޮންނާނެ، އަމިއްލަ އަށް ކުނި އުކާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު. އެ މީހުން ކުނި އުކާލަން ދާއިރު ކާޑު ގެންދަންޖެހޭނެ. އެކަމަކު ކުރީގައި ކާޑު ނުގެންދިއަސް ކުނި އުކޭނެ. މިހާރު މި ގެނައި ބަދަލަކީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަޖިސްޓްރީ ނުކޮށް ކުނި ހިފައިގެން ދާނަމަ ގޭޓް ފީއެއް ނެގުން،" ޝިފާއު ވިދާޅުވި އެވެ.
ވެމްކޯ އިން ބުނި ގޮތުގައި އަމިއްލަ އަށް ކުނި އުކާލަން މުޅި މާލެ އިން 1،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ކުނީގެ ހިދުމަތަށް 17،000 އަށްވުރެ ގިނަ ގޭ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
މާލޭގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަނީ
ބޮޑެތި ކުނި އުކައިދޭ ޚިދުމަތެއް ވެމްކޯއިން ފަށަނީ
ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު
ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފި
ކުނިއުފުލުމާބެހޭ ގަވާއިދަށް ބިދޭސީން ހޭލުންތެރިކުރަނީ
ޒޯން 3ގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތިލަފުށީގައި
ސްކޫލު ފޮތްތައް ރިސައިކަލް ކުރަން ވެމްކޯއިން ފަށައިފި
ބޮޑެތި ކުނި ހެޔޮ އަގުގައި އުކާލުމުގެ ހިދުމަތް ފަށައިފި
ކުނީގެ މައްސަލައިގައި ދެ މިނިސްޓަރުން ހާޒިރު ކުރަނީ
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ