23 މެއި 2017
ކުނި އުކާލުމުގެ އާ ގަވާއިދަށް ބިދޭސީން ހޭލުންތެރިކުރުވުުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
ކުނި އުކާލުމުގެ އާ ގަވާއިދަށް ބިދޭސީން ހޭލުންތެރިކުރުވުުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ބިދޭސީން ވާހަކަދައްކަމުން އަންނަ އެކި ބަސް ބަހުން، ކުނި އުކާލުމާ ބެހޭ އާ ގަވާއިދުގެ މައުލޫމާތު ބިދޭސީންނާ ހިއްސާ ކުރުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު ބުނާގޮތުން ކުނި އުފުލާ ގޮތަށް ޑިޒައިން ކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާނަމަ، އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ވަސް ނުފެތުރޭ ގޮތަށް ރަނގަޅަށް ބަންދުކޮށްފަ އެވެ.
އަންނަ ޖުލައި އެއް ވަނަ ދުވަހު އަމަލުކުރަން ފަށާ ގަވާއިދުގައިވާ ގޮތުން، ބައިސްކަލުގައި ކުންޏެއް ނުގެންދެވޭނެ އެވެ. ކުނިކޮތަޅު އެލުވާލައިގެން އެންމެ ގިނައިން ގެންދަނީ ވެސް ބިދޭސީންނެވެ.
އެ ގަވާއިދާ ހިލާފަށް އަމަލުކޮށްފިނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މި ގަވާއިދާ ބެހޭ މައުލޫމާތު ހިއްސާކުރަން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ކުނި އުކާލުމުގެ ގޮތްތައް މިހާރު ހަމަޖައްސާފައިވަނީ ހަމަޖެހޭ އުސޫލަކުން ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުން ވަނީ ދެެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދަން ވެމްކޯގެ މަސައްކަތްތައް ފުޅާކޮށްފަ އެވެ.
އެ ކުންފުނިން އަންނަނީ މާލޭގެ ހުރިހާ ސަރަހައްދަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ އަދި ވިލިނގިލީން ވެސް ކުނި އުކާލުމުގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ފުވައްމުލަކުގެ ކުނީގެ މައްސަަލަ ހައްލުކުރަން ވެސް ވެމްކޯއާ ވަނީ ހަވާލުކޮށްފަ އެވެ.
ވެމްކޯއިން ކުނި އުކާލުމަށް ބޭނުންކުރަނީ އެކަަމަށް ހާއްސަ އުޅަނދުތަކެކެވެ.
ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފި
ޒޯން 3ގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތިލަފުށީގައި
ސްކޫލު ފޮތްތައް ރިސައިކަލް ކުރަން ވެމްކޯއިން ފަށައިފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ތިލަފުށިން ދުން އެރުވުން ހުއްޓުވުމުގެ ފެށުން
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ