27 ޑިސެމްބަރ 2016
ޒޯން ތިނެއްގައި ހިމެނޭ ރަށްތަކުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓު ސެންޓަރު، ތިލަފުށީގައި ގާއިމްކުރުމުގެ ފީޒިބިިލިޓީ ސްޓަޑީ ހެދުމަށް 5.1 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޒޯން ތިނެއްގައި ހިމެނޭ ރަށްތަކުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓު ސެންޓަރު، ތިލަފުށީގައި ގާއިމްކުރުމުގެ ފީޒިބިިލިޓީ ސްޓަޑީ ހެދުމަށް 5.1 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޒޯން ތިނެއްގައި ހިމެނޭ އއ. އަތޮޅު، ކ. އަތޮޅު އަދި ވ. އަތޮޅުގެ ކުނި ނައްތާލާ ނިޒާމުގެ ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތް އެންވަޔަރްމަންޓް މިނިސްޓްރީން ހަވާލުކުުރީ ވޯޓާ ސޮލިއުޝަން ކުންފުންޏާ އެވެ. މި މަސައްކަތް އެ ކުންފުނިން ނިންމަން ކަނޑައަޅާފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގަ އެވެ.
ވޯޓާ ސޮލިއުޝަން އިން މަސައްކަތް ކުރާނީ، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ކޮކްސް ކޮންސަލްޓާ ގުޅިގެންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރެވެ. ވޯޓާ ސޮލިއުޝަން އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހަސަން ޝާހު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ މި އެއްބަސްވުމުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި، ކުނި މެނޭޖުކުރަން ތިލަފުށިން ހިއްކާ ބިމުގެ އީއައިއޭ ހެދުމެވެ. އީއައިއޭ އަށް ފަހު، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރާނެ މަރުކަޒު ހަދަން ބަޔަކާ ހަވާލު ކުރާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
ޒޯން ތިނެއްގެ އިތުރުން މާލޭގެ ސަރަހައްދުގެ ކުނި ނައްތާލުމަށް ބޭނުންވާ އުޅަނދުުތަކުގެ އިންޖިނިއަރިން ސްޓަޑީއެއް ވެސް ހަދާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓު ސެންޓަރުން، ކުނި އުފައްދައިގެން ހަކަތަ އުފައްދެމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
"މި ސިސްޓަމް ނިމިގެން ދިޔައީމަ ހަރަދުކުރާ އެއްޗަކަށް ވުރެ ލިބިގެންދާ އެއްޗެއް ވަރަށް ގިނަވޭ. ރަނގަޅު ވިޔަފާރިއަކަށް ވެގެން ދާނެ،" އާމިރު ވިދާޅުވި އެވެ.
ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފި
ކުނިއުފުލުމާބެހޭ ގަވާއިދަށް ބިދޭސީން ހޭލުންތެރިކުރަނީ
ސްކޫލު ފޮތްތައް ރިސައިކަލް ކުރަން ވެމްކޯއިން ފަށައިފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ތިލަފުށިން ދުން އެރުވުން ހުއްޓުވުމުގެ ފެށުން
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ