14 ޖެނުއަރީ 2018
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިއަން ޑޮލަރު (329.9 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިއަން ޑޮލަރު (329.9 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގާ ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަން ނަގާ ފީ އެވެ. އޭޑީއެފްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ.
އޭއެސްސީގެ ގާނޫނާއި އޭޑީއެފްގެ ބިލް އެއްކޮށްލައިގެން ނޮވެމްބަރު 24، 2016ގެ ރޭ ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ ޑިސެމްބަރު 7، 2016 ގަ އެވެ. އަދި ގާނޫނުގައިވާ ގޮތުން އޭއެސްސީ އާއި އޭޑީސީ ނަގަން ފަށަން ޖެހެނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ހަމަވުމުންނެވެ. ހަތަރު މަސް ހަމަވެ މިދިއަ އަހަރު އެ ފީތައް ނަގަން އޮތަސް، އެ ފީ ނަގަން ފެށީ މޭ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭޑީއެފް އަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީއެކެވެ. އެ ފީ އިން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު ވަނީ 329.9 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
އޭޑީއެފްގެ ގޮތުގައި 21.4 މިލިއަން ޑޮލަރު ލިބުނުއިރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިދިޔަ އަހަރު 45.8 މިލިއަން ޑޮލަރު (703.2 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރަށް ވުރެ 4.6 ޕަސެންޓް އިތުރު އަދަދެކެވެ.
އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިރު އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން އެކަން ހުއްޓުވި އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީ ނަގަން އުޅުމުންނެވެ. ނަމަވެސް އެއާޕޯޓް ތަރައްގީކުރުމަށް ފެށި އާ ރަންވޭ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާ އިރު ސައުދީ ބިންލާދިން ގުރޫޕާ ހަވާލުކުރި އާ ޓާމިނަލްގެ އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއުގެ ދަށުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ރަންވޭއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއާޕޯޓުގެ މާސްޓާ ޕްލޭނާ ބެހޭ ގޮތުން އާދިލް ވިދާޅުވީ އާ ޓާމިނަލް އެޅުމަށް ނިންމާފައި ވަނީ އެ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގައި ހަދާ ޓާމިނަލް ނިމުމުން މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރެވޭނީ ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ކަމަށް ވެސް އެއާޕޯޓްސް ކޮމްޕެނީން ބުނެފައިވެ އެވެ.
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިޔަށް އެބަދޭ
ރިސޯޓުތަކުގެ އެނދުތައް ފުރުން އެއާޕޯޓާ ގުޅިފައި
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
ވެލާނާ އެއާޕޯޓް މަޝްރޫއު ތާރީހުގައި ލިޔެވޭނެ
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
އިގްތިސާދީ ދުވެއްޔާ ގުޅިފައިވާ އެންމެ ބޮޑު އެއާޕޯޓް
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
އާ ޓާމިނަލް ނިމޭނެ ކަމަށް މިހާރު ލަފާކުރަނީ 2025
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!