Roadha Mihaaru
ހިތަދޫގައި ގެއެއް އަނދައި ހުލިވެއްޖެ

ހިތަދޫ ގެއެއް އަނދައި ހުލިވެއްޖެ

14 ޖެނުއަރީ 2018

އައްޑޫ ހިތަދޫ ގެއެއްގައި ރޭ ދަންވަރު ވަރަށް ބޯޑަށް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެ ގެ އަނދައި ހުލިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫ ގެއެއްގައި ރޭ ދަންވަރު ވަރަށް ބޯޑަށް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެ ގެ އަނދައި ހުލިވެއްޖެ އެވެ.

ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް އަނދާފައި ވަނީ އެ އަވަށު އެލްމިނިއަމްގެ އެވެ. އެނގިފައިވާ ގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގޭގައި ރޯވި އިރު އެއްވެސް ބަޔަކު ނޫޅެ އެވެ. އަދި ގެ ހުރީ ކުއްޔަށް ދޭން ހުސްކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ރޯވާން ދިމާންވި ސަބަބެއް އަދި ނޭނގެ އެވެ. މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިތަދޫގައި ރޭ ރޯވި އެލްމިނިއަމް ގޭގެ އެތެރޭގައި ހުރި ބައެއް ތަކެތި އަނދާފައި. ފޮޓޯ/ އެމްއެންޑީއެފް

ހިތަދޫގައި ރޭ ރޯވި އެލްމިނިއަމް ގޭގެ އެތެރޭގައި ހުރި ބައެއް ތަކެތި އަނދާފައި. ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީފުން ބުނީ އެލްމިނިއަމްގޭގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ 2:30 ވާން އުޅެނިކޮށް ކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު އިރު، ގެ ބޭނުން ނުކުރެވޭ އަނދާފައިވާ ކަމަށެވެ.