މިއަދު މެންދުރެއްހާ އިރު އައްޑޫ ލިންކް ރޯޑްގައި ދުއްވާފައި ދަނިކޮށް އިންޖީނު މާ ބޮޑަށް ހޫނުވެގެން ޑޭޝް ބޯޑް ވިރުނު ކާރުގައި މިއަދު މެންދުރު ފަހު ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
10 ޖޫން 2017
މިއަދު މެންދުރެއްހާ އިރު އައްޑޫ ލިންކް ރޯޑްގައި ދުއްވާފައި ދަނިކޮށް އިންޖީނު މާ ބޮޑަށް ހޫނުވެގެން ޑޭޝް ބޯޑް ވިރުނު ކާރުގައި މިއަދު މެންދުރު ފަހު ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
ކާރުގައި ރޯވީ އެ ކާރުގެ ވެރިމީހާ ހިތަދޫގައި ދިރިއުޅޭ ގެ ކައިރީގައި ބާއްވާފައި އޮއްވަ އެވެ. ގަރާޖެއް ހިންގާ އެ މީހަކީ ހިތަދޫ މީހަކާ އިނދެގެން އުޅޭ ލަންކާ މީހެކެވެ.
ޑޭޝް ބޯޑްގައި ރޯވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ، އަލިފާން ނިއްވާ މީހުން ކާރު އޮތް ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އަދި ކާރުގައި މެންދުރު ފަހު ރޯވި ހާދިސާގައި ކާރުގެ ކުރީކޮޅުން ވަރަށް ބޮޑަށް އަނދާފައިވެ އެވެ.
ދުއްވާފައި ދަނިކޮށް ޑޭޝް ބޯޑް ވިރުނު ކާރުގެ ކައިރީގައި ފަޔާމަނުން ހަރަކާތްތެރި ވަނީ. ފޮޓޯ/ ޝަރަފުއްދީން
އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ސައިކަލުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް
ހިތަދޫ ފިހާރައެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ހިތަދޫގައި ކާރެއްގައި ރޯކޮށްލައިފި
ހިތަދޫގައި ގެއެއް އަނދައި ހުލިވެއްޖެ
ޑިންގީ ހާދިސާގެ ތަހުގީގު ކުރިއަށް އެބަދޭ: ޕޮލިސް
ޑިންގީ ބަންޑުން ޖަހާލީ ބޮޑު ރާޅަކާ އެކު
ބާ ކާރުތަކެއްގައި ރޯވެ،ހިތަދޫގައި އަލިފާނުގެ ހާދިސާއެއް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
ހިތަދޫގެ ގެއެއްގައި ރޯވެ، މީހަކު ފިހިއްޖެ
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ