13 ޖެނުއަރީ 2018
ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސްރަހުން އަލުން ފެނިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސްރަހުން އަލުން ފެނިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސްރަހުން އަލުން ފެނިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
alun siyaasee masrahun alhugandu fenigen higaidhaane!
— محمد شهيم علي سعيد (@Mohamedshaheem1) January 13, 2018
ކުރިން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސް މެމްބަރުކަން ކުރެއްވި ޝަހީމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ ސިޔާސީ މަސްރަހުން ދުރުވެ، ދީނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރު އަދާލަތުން ވަކިވެވަޑައިގެންނެވީ ދެތިން އަހަރެއްހާ ދުވަހު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައި އުޅުއްވުމަށް ފަހުގަ އެވެ. އެ ޕާޓީން ވަކިވެވަޑައިގެން ރަސްމީކޮށް އެއްވެސް ޕާޓީއަކަށް ގުޅިވަޑައި ނުގަތް ކަމުގައި ވިއަސް މި ސަރުކާރުގެ ބައެއް ހަފުލާތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވުމަށް ފަހު ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން، ޝަހީމް އައްޔަން ކުރެއްވި އެވެ. އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އޭނާ ބަދަލު ކުރެއްވީ 2016 ވަނަ އަހަރު އެވެ.
ހަނިއްޔާގެ ކަށުނަމާދު މަޖުބޫރު ނުކުރީ ވާޖިބަކަށް ނުވާތީ
އައިޔޫއެމް މުޅި ރާއްޖެއަށް ދެ އަހަރު ތެރޭ ފުޅާކުރަނީ
ޝަހީމްގެ ސުވާލު، މަހްލޫފަކީ އިސްލާމިކް މިނިސްޓަރުތޯ؟
މަޖީދު: ގެއްލިގެން ދިޔައީ އަގު ބޮޑު ޝަހުސިއްޔަތެއް
ކަށުކަމާކެމީގެ ސަނަދު ލިބޭ ގޮތް ފަސޭހަކޮށްދީފި
އުމްރާގެ ހުއްދައަށް ޕްރޮޕޯޒަލް ހުށަހެޅުން ފަސޭހަކޮށްފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ