12 ޖެނުއަރީ 2018
ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަހުގެ ހަމަލައެއް މިއަދު ދެއްވައިފި އެވެ.
ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަހުގެ ހަމަލައެއް މިއަދު ދެއްވައިފި އެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، ބެލެވޭ ގޮތުގައި އއ. މަތިވެރީގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު، ގާސިމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ސައީދަކީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަމުގެ މަގާމަށް ސައީދު ވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީއަށް ކަނޑައެޅި ސްލޮޓެއްގަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ސައީދު ވަނީ، އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، ގާސިމަށް ފާޑުވިދާޅުވެފަ އެވެ.
"ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހެއް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީއެއް ނުބުނޭ،" ގާސިމްގެ ނަން ވިދާޅުނުވެ، ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ސައީދުގެ މި ވާހަކަތަކަށް ފަހު، ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކޮށް، ވަރުގަދަ ސޮރަކަށް ހެދި މީހާ ދަންނަ ކަމަށެވެ.
"މިސާލަކަށް ކުއްތާ އެސޮރު ބެލެހެއްޓި މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާލާ ނޫންތޯ؟ ރާމާމަކުނު ވެސް ހެޔޮކަމެއް ކޮށްދިން މީހާ ދަނޭ ދެއްތޯ؟ އެކަމަކު......،" ރިޝްވަތުގެ މައްސަލަ ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ނަމަވެސް ބޭސްފަރުވާއަށް ޖަރުމަނުގައި އުޅުއްވާ ގާސިމްގެ ޓްވީޓުގައިވެ އެވެ.
Janavaarunves dhaney esoru gengulhe balaa bodu koh varugadha sorakah hedhi meehaa . Misaalakah kuhthaa esoru belehehtimeehaa salaamaiy kurumah furaana dhuhvaa laa noonthoa.??? Raamaa makunuves heyokameh kohdhin meehaa dhaney dhehthoa . ??? Ekamaku .......... Qasim
— Qasim Ibrahim (@qasimibrahim) January 12, 2018
ގާސިމްގެ ޓުވީޓާ ގުޅިގެން، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ސައީދު ޓެގްކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނެފައި ވަނީ ގާސިމް ކިޔަވައިދީ އަދި އޭނާގެ ވަޒީފާގައި އުޅުއްވަނިކޮށް، މިނިސްޓަރުކަން ހޯދައި ދެއްވާފައިވާއިރު ދެން ގާސިމަށް ސައީދު ފާޑުވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ. ސައީދު ވަނީ މީގެ ކުރިން ވެސް ސިޔާސީ ތަފާތު ފޯރަމްތަކުގައި ގާސިމަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް ގާސިމް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ވަކި އެއްޗެއްް ވިދާޅެއް ނުވެ އެވެ.
އިދިކޮޅުން ވަނީ އއ. އާއި އދ. އަށް އިހުމާލުވެފައި
އަރިއަތޮޅުގެ މެޖޯރިޓީ ދޭންވީ ރައީސް ޔާމީނަށް: ތޯރިގް
ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް މައުމޫނާއި ނަޝީދަށް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް މާފުކުރާނަން: އިބޫ
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އަބްދުއްރަހީމްގެ އަބުރެއް ނެތް: ސަމީރު
"ބަޣާވާތު"ގެ އަޑީގައި ހުރީ ގާސިމް: އަބްދުއްރަހީމް