12 ޖެނުއަރީ 2018
އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން އއ. މަތިވެރީގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އއ. އާއި އދ. އަތޮޅަށް އިހުމާލުވެފައިވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ އެ ދެ އަތޮޅުން ތަރައްގީއަށް އެދޭއިރު އެކަމުގެ ހުރަހަކަށް ވެފައި އޮތީ ބައެއް ޕާޓީތައް ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅަމުން އައީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި ކަމަށް ސައީދު ވިދާޅުވި އެވެ.
"ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހެއް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީއެއް ނުބުނޭ،" ގާސިމަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ސައީދުގެ ފާޑުކިޔުން އަނެއްކާވެސް ގާސިމަށް ރައްދުކުރިއިރު، ސައީދަކީ އދ. އަތޮޅުގައި ހިންގާ ގާސިމްގެ ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ.
ސައީދު ރޭ ވިދާޅުވީ، އއ. އަތޮޅުން އެމްޑީޕީގެ މުޒާހަރާތަކަށް ޒުވާނުން އުފުލި ދޯނިތަކުގައި މިއަދު އުފުލަމުން ދަނީ އެ ރަށްތައް ތަރައްގީ ކުރާނެ ސާމާނު ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން މިހާރު މުޒާހަރާތަކަށް ނުނިކުންނަނީ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތްތައް އިންތިހާއަށް ހުރުމުންނެވެ.
"މިއަދު އެ ދޯނި ފަހަރުން މާލެއަށް ދަނީ ޓުއަރިސްޓުން ބަލާ ގެސްޓް ހައުސްތަކަށް. މިއަދު އެ ދޯނި ފަހަރުން މާލެ އަށް ދަނީ ބޮޑު ހިލަ ބަލާ ރަށްރަށުގެ ތަރައްގީއަށްޓަކައި. މިއަދު އެ ދޯނި ފަހަރުތައް އެ ދަނީ ނަރުދަމާގެ ހޮޅިތައް ރަށްރަށަށް ގެނައުމަށްޓަކައި،" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީ ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ 2007 އަދި 2008 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ފައިސާ ތިޔާގިވި ނަމަވެސް ރާއްޖެ އަށް ފައިސާ ގެނެސްގެން ތަރައްގީ ކުރުމުގެ ވިސްނުމެއް އެބޭފުޅުންނަށް ވިސްނިވަޑައިނުގެންނެވި ކަމަށެވެ.
"ސްކޫލެއް ތަރައްގީކޮށް ވަށައި ޖެހޭ ތައުލީމް ދޭންޖެހޭ ވާހަކަ ދެއްކީ. އެކަން ކުރާކަށް ނުކެރުނު. ބަނދަރުތައް ހަދަން ޖެހޭނެ ވާހަކަ ދެއްކީ. އެކަން ކުރާކަށް ނުކެރުނު. އެއާޕޯޓްގެ މިނިވަންކަމާ ގުޅުން ހުރި ވާހަކަ ދައްކަން ކެރުނީ. ތަރައްގީ ކުރާކަށް ނުކެރުނު،" މައުމޫނާއި ނަޝީދުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ފާހަގަކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފާތުންގެ އަރިހުގައި، ރައީސް ޔާމީންގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސައީދު ވިދާޅުވީ ރާއްޖެ އަށް އަންނަ، ގައުމަށް ހެޔޮއެދޭ މީހުންނާއި ހެޔޮނޭދޭ މީހުން ވެސް ދައްކަނީ ތަރައްގީއަށް ފައިސާ ހޯދާ ގޮތާއި ގެންނަ ތަރައްގީގެ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ވަސީލަތްތައް ނެތޭ ބުނި ޒަމާން ފާއިތުވެ ގޮސް، ހަމަ އެ ވަސީލަތްތަކުން ގައުމު ތަރައްގީ ކުރާވެރިއަކު ހޮވުމަށްޓަކައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބްު ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މަތިވެރީގައި ރޭ ކެމްޕެއިން ޖަލްސާއެއް ބޭއްވިއިރު، އިދިކޮޅު ހަރަކާތުން ވެސް ވަނީ ގާސިމްގެ އުފަން ރަށް މާމިގިލީގައި ވެސް ޖަލްސާއެއް ރޭ ބާއްވައިފަ އެވެ.
ޖަނަވާރުން ވެސް ގެންގުޅުނު މީހާ ދަނޭ: ގާސިމް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" ވެއްޖެ: ސައީދު
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް މައުމޫނާއި ނަޝީދަށް
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް