Roadha Mihaaru
މިއަހަރު އަމްޖޭގެ އުންމީދަކީ އެނބުރިއައުން

މިއަހަރު އަމްޖޭގެ އުންމީދަކީ އެނބުރިއައުން

09 ޖެނުއަރީ 2018

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ޑައިރެކްޓް ކުރުމުގެ ރެކޯޑް އޮތީ އަމްޖަމަދު އިބްރާހީމް (އަމްޖޭ) ގެ އަތުގަ އެވެ. އޭނާ މިހާތަނަށް 49 ފިލްމް ގެނެސް ދީފައިވާ އިރު، އަމްޖޭގެ ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ 2011 ގަ އެވެ. އެއީ "ހިތޭދޭމީ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ޑައިރެކްޓް ކުރުމުގެ ރެކޯޑް އޮތީ އަމްޖަމަދު އިބްރާހީމް (އަމްޖޭ) ގެ އަތުގަ އެވެ. އޭނާ މިހާތަނަށް 49 ފިލްމް ގެނެސް ދީފައިވާ އިރު، އަމްޖޭގެ ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ 2011 ގަ އެވެ. އެއީ "ހިތޭދޭމީ" އެވެ.

އޭގެ ފަހުން އަމްޖޭގެ ފިލްމެއް ސިނަމާ އަށް ނައިސް، އަހަރުތަކެއް ފާއިތުވެގެން ގޮސްފައި ވާތީ، އޭނާ ފިލްމް ހެދުން ހުއްޓާލީތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެކަމަކު 2016 ގައި ލައިފްޓައިމް އެޗީވްމަންޓް ހޯދި އަމްޖޭ މި މަަސައްކަތެއް ހުއްޓައެއް ނުލަ އެވެ.

މިހާރުވެސް އަޅުވަން ތައްޔާރަށް އޮތް ތިން ފިލްމެއް އޭނާގެ އަތުގައި އެބަ އޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ 2015 ގައި ރިލީޒްކުރަން ނިންމި އަމްޖޭގެ 50 ވަނަ ޑައިރެކްޝަން "ގިލަން" އެވެ.

"ގިލަން" އަކީ ދުވަހު ނޫހެއްގައި ހަމަ އެ ނަމުގައި ޝާއިއު ކުރި ވަރަށް މަގުބޫލު ވާހަކައަށް ހަދާފައިވާ ފިލްމެކެވެ. ފިލްމްގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ)، މަރިޔަމް ނޫރާ އަދި އަލީ އާޒިމް (ދޮންއައްޔަ) އެވެ.

"ގިލަން" ގެ ޓީޒާއެއް.

ދެ ލަވަ ފިޔަވައި މުޅި ފިލްމްގެ ޝޫޓިން ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއްވަފައިވާ "ގިލަން" އަކީ ސީދާ އަމްޖޭ އަމިއްލަ އަށް ހަރަދުކޮށްގެން ހަދާ ފިލްމެކެވެ. އޭނާ ބުނީ ފިލްމްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތީ މާލީ ދަތިތަކާ ހެދި ކަމަށެވެ. އެކަމަކު މި ފިލްމް 2016 އާއި މިދިޔަ އަހަރު ވެސް ސިނަމާތަކަށް ގެނެސްފާނެކަމުގެ އިޝާރާތްތަކެއް އަމްޖޭ ދިން ނަމަވެސް، އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

"އެ ފިލްމްގެ ދެ ލަވަ ޝޫޓްކޮށްލައި، ޑަބިން ހަދާލީމަ އެ އޮތީ ހަމަ އަޅުވަން ރެޑީވެފައި،" މި އަހަރު ފިލްމް ސްކްރީނަށް ގެނެވޭކަމުގެ އުންމީދާއާ އެކު ބުންޏެވެ. "އެކަމަކު އަހަރެން މިހާރު މިހެން ކިޔާތާ ވެސް ދުވަސްތަކެއްވެއްޖެ. އަހަރެންގް ޑްރީމް ޕްރޮޖެކްޓެއް އެއީ"

އޭނާ ބުނީ "ގިލަން" އަކީ 50 ވަނަ ފިލްމަށް ވާތީ އެ ފިލްމް ރިލީޒްކުރަން ބޭނުން ވަނީ ވެސް ތަންކޮޅެއް ކުލަގަދަކޮށް ކަމަށެވެ.

ކޮންމެއަކަސް އެ ފިލްމް ސިނަމާ އަށް ނުގެނެވި ކުރިމަތިވި "ގިލަންވެރިކަމާ" އެކު އަމްޖޭ ވަނީ 2016 ގައި އަނެއްކާވެސް އެހެން ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ އޭނާގެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "އުދަބާނި" ގެ ޕްރޮޑިއުސަރު ހާމިދު އަލީ، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމް "ދޭތީ އަނިޔާ" އެވެ. މި ފިލްމްގެ ޝޫޓިން ވެސް އެއްކޮށް އަދި ނުނިމި އޮތީ ތާށި ކަމެއްގެ ތެރޭގަ އެވެ.

Reyvumun: Annekka ves Amjay ge loabeege biruveri filmeh

Reyvumun: Annekka ves Amjay ge loabeege biruveri filmeh

The most trusted news source in the Maldives

Mihaaru

އަމްޖޭ މި އަހަރު ފުރަތަމަ ގެނެސް ދޭނީ "ރޭވުމުން."

"މީގެ ދެތިން މަންޒަރެއް މިހާރު ޝޫޓް ނުކުރެވި އޮންނާނީ. އެބަ މަސައްކަތް ކުރަން އެ މަސައްކަތް ވެސް ނިންމާފައި މި ފިލްމް ވެސް މި އަހަރު ސިނަމާ އަށް ގެންނަން،" މުހިއްމު ރޯލްތައް އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) ވެސް ކުޅެފައިވާ ފިލްމާ ބެހޭ ގޮތުން އަމްޖޭ ބުންޏެވެ.

"ގިލަން" އާއި "ދޭތީ އަނިޔާ" ނުނިމި އޮއްވައި އަމްޖޭ މިހާރު ވަނީ އޭނާ އަމިއްލަ އަަށް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރި 52 ވަނަ ފިލްމް "ރޭވުމުން" ގެ ޝޫޓިން އެއްކޮށް ނިންމައިފަ އެވެ. އަންނަ މާޗްގައި އަޅުވަން އަމާޒު ހިފާފައިވާ މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ.

އެހެންވެ މިހާރު ބެލެވޭ ގޮތުން 50 އާއި 51 ވަނަ ޑައިރެކްޝަނަށް ވުރެ ކުސިން އަމްޖޭގެ އެނބުރި އައުމަކަށް ވާނީ "ރޭވުމުން" އެވެ.

"މި ފިލްމަށް ފަހު އަދި އެބަ ރާވަން އަނެއްކާ ވެސް ވަރުގަދަ އެހެން ފިލްމެއްގެ މަސައްކަތް ފަށަން ވެސް،" އޭނާ ބުންޏެވެ. "އޭގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ."

އަމްޖޭ ލަފާ ކުރާ ގޮތުން އޭނާގެ ހަތަރު ވަރަކަށް ފިލްމް މި އަހަރު ސްކްރީނަށް އައުން އެކަށީގެންވެ އެވެ.

"އެކަމަކު އެބަޖެހޭ އޮލިމްޕަހުގެ އެވެއިލެބިލިޓީ އަށް ވެސް ބަލަން. މިހާރު ވަރަށް ބާރު ބޮޑުކޮށްދާތީ އޮލިމްޕަސް ހޯދުން ވެސް އެހާ ފަސޭހައެއް ނޫން،" ފިލްމް "ހުރަސް" އިން ފިލްމީ ދާއިރާ އަށް ނުކުތް ޑައިރެކްޓަރު ބުންޏެވެ. "އަހަރެން މިހާރު ބޭނުން ވަނީ ފިލްމްތައް އެއްކޮށް ނިންމާފައި ނޫނީ އޮލިމްޕަސް ހޯދައިގެން ތާރީހުތަކެއް ކަނޑަނާޅަން."

"ދޭތީ އަނިޔާ" ގެ މަންޒަރުތަކެއް.

އަމްޖޭގެ ވާހަކަތަކަށް ބަލާ އިރު މި އަހަރަކީ އޭނާ އަށް ބުރަ އަހަރަކަށް ވާނެ އެވެ. އެއީ "އުދަބާނި 2" ގެ މަސައްކަތް ވެސް އަހަރުގެ ފަހުކޮޅަށް ޕްލޭން ކުރާތީ އެވެ.

"އޭގެ ސްކްރިޕްޓް މިހާރު ވެސް އޮތީ ނިމިފައި. ލަފާ ކުރެވެނީ އަހަރުގެ ފަހުކޮޅު ޝޫޓިން ޖެއްސޭނެހެން،" އޭނާ ބުންޏެވެ.

އަމްޖޭ ބުނަން އޮތް ވާހަކައަކީ އޭނާގެ ފިލްމްތަކަށް އިންތިޒާރު ކުރާ މީހުން މި އަހަރު މާޔޫސްވާކަށް ނުޖެހޭނޭ އެވެ.

"މިހާރު މި ހަދާ ފިލްމްތަކުގެ ކޮލިޓީ ވެސް މާ ބޮޑަށް ރަނގަޅު ވާނެ. ޓެކްނިކަލީ އައިސްފައި ހުރި ކުރިއެރުންތަކާ އެކު، އެ ކޮލިޓީ ފިލްމްތަކުން ވެސް ފެންނާނެ." އޭނާ ބުންޏެވެ.