23 ޑިސެމްބަރ 2016
ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އަށް ވަރަށް ބޮޑަށް މަރުހަބާ އެވެ. ގައުމީ ފިލްމު އެވޯޑްސްގައި އޭނާ އަށް މި ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފަ އެވެ.
ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އަށް ވަރަށް ބޮޑަށް މަރުހަބާ އެވެ. ގައުމީ ފިލްމު އެވޯޑްސްގައި އޭނާ އަށް މި ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފަ އެވެ.
ފިލްމީ ދާއިރާ އަށް އަމްޖޭ ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުން އޭނާ ވެސް ހުރީ ވަރަށް އުފަލުންނެވެ.
"ވަރަށް ބޮޑު ސަޕްރައިޒަކަށް ވީ އެވޯޑް ލިބުނީމާ. ހަފުލާ އަށް ދިޔަ އިރު ވެސް ނޭނގޭ އެވޯޑް ލިބޭ ކަމެއް،" މިހާތަނަށް 49 ފިލްމު ބެލުންތެރިންނަށް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"އެކަމަކު ދެން ސަރުކާރުން މިކަހަލަ އެވޯޑެއް ދިނީމަ ވަރަށް އުފާވެއްޖެ."
މުނިފޫހިފިލުވުމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިފައިވާ އަމްޖޭއަކީ ރާއްޖޭގައި މަސައްކަތުގެ ދުވެލި އެންމެ އަވަސް ޑައިރެކްޓަރެވެ. އޭނާ 1997 ގައި ފެށި ކެރިއަރުގައި 51 ވަނަ ޑައިރެކްޝަނާ ހަމައަށް އާދެވިފައި އޮތީ އެ ސަބަބާ ހެދި އެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމު ހެދި ޑައިރެކްޓަރަކީ ވެސް އޭނާ އެވެ.
އަމްޖޭގެ ބައެއް ފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި "ސަނދުރަވިރޭ"، "ކަށްވަޅަށް ދާންދެން" އަދި "އުދަބާނި" ފާހަގަކޮށްލެވެ އެވެ.
އަމްޖޭގެ ފުރަތަމަ ފިލްމަކީ ސީދާ ގައުމީ އެވޯޑް ހޯދަން ހެދި ފިލްމު "ހުރަސް" އެވެ. އޭނާ ބުނާ ގޮތުން ނަމަ އެއީ އެ ފިލްމް ހެދި ޒަމާނާ ބަލައިފައި، ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި ފިލްމު މޮޅުކުރަންވެގެން ނުރައްކާތެރި ސްޓަންޓްތަކެއް ވެސް ހިމަނައިގެން ހެދި ފިލްމެކެވެ.
އަމްޖޭއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ޔޫތު މިނިސްޓަރު އިރުތިޝާމް ހަވާލުކޮށް ދެއްވަނީ.--. ފޮޓޯ:ނިޝާން އަލީ/މިހާރު
އެކަމަކު އެވޯޑް ހޯދަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެ ފިލްމަށް ގައުމީ އެއްވެސް އެވޯޑެއް ލައްވައެއް ނުލި އެވެ.
އެހެންވެ އެވޯޑަށް ފިލްމު ހެދުން އަމްޖޭ އެއްކޮށް ހުއްޓާލި އެވެ. ދެން އޭނާ ބޭނުންވީ ސީދާ ކޮމާޝަލް ފިލްމުތަކަށް ހާއްސަވާށެެވެ.
ނަތީޖާއަކީ އަވަހަށް ފިލްމު ނިންމާފައި ބެލުންތެރިންނަށް ގެނެސް ދޭން ބޭނުންވި ޕްރޮޑިއުސަރުން އަމްޖޭއާ މަސައްކަތްތައް ހަވާލުކުރުމެވެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ވަރަށް އަވަހަށް ނިންމައި، ވަރަށް ގިނަ ފިލްމުތަކެއް ގެނެސް ދީފަ އެވެ.
"އަވަހަށް މަސައްކަތް ނިންމިޔަސް އަހަންނަކީ ޕްލޭންކޮށްގެން މަސައްކަތް ކުރާ މީހެއް. އެހެންވީމަ ބަޔަކު އަދި ފާޑުކިޔަސް އަހަންނަކީ ކޮލިޓީ ވެސް ކޮމްޕްރަމައިޒް ކުރާ މީހެއް ނޫން،" މިއުޒިކްގެ ތެރެއިން ފިލްމީ މަސައްކަތުގެ ތެރެއަށް ނިކުތް ޑައިރެކްޓަރު ބުންޏެވެ.
އަމްޖޭއަކީ އަބަދުވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ޑައިރެކްޓަރެކެވެ. ފިލްމީ ދާއިރާގައި ވެސް އޭނާ އަށް "މަލާމާތް ކުރި" މީހުން މަދެއް ނޫނެވެ. އެއް ބަޔަކަށް އޭނާ ހަދާ ފިލްމުތައް އެއްގޮތަކަށް ވެސް ކަމަކުނުދެ އެވެ. އަނެއް ބަޔަކު ބުނަނީ އެއްވެސް ކޮލިޓީއެއް ނުހުންނަ ކަމަށެވެ.
"ކުރިން ވަރަށް ބިޒީކޮށް، ވަރަށް އެކްޓިވްކޮށް ފިލްމުތައް ހަދާފައި ކުއްލިއަކަށް މަސައްކަތް މަޑުޖައްސަލާން ޖެހުނު ސަބަބަކީ ހިތުގައި ޖެހުން. ކުރާ މަސައްކަތްތަކަށް ބިނާ ކުރުވަނިވި ފާޑެއް ކިޔުމުގެ ބަދަލުގައި ޒާތީ އެޖެންޑާއެއް ބާއްވައިގެން ބައެއް މީހުން މަސައްކަތް ކުރާތީ މައްސަލައަކީ،" އޭނާ ބުންޏެވެ.
"އަހަންނަކީ އަބަދުވެސް މުޖުތަމައުގެ އޭރެއްގެ ހާލަތު އޮންނަ ގޮތަކަށް ބަލާފައި ފިލްމު ހަދާ މީހެއް."
އެކަމަކު މިހާރު އަމްޖޭ ވެސް ބޭނުންވަނީ އެހާ އަވަސް އަވަހަށް ފިލްމު ހަދައި، އަޅުވާކަށެއް ނޫނެވެ. ދިވެހި ފިލްމީ މަސައްކަތްތަކަށް އައި ކުރިއެރުމާ އެކު އޭނާ އަށް ވެސް އޮތީ ކުރިއަށް ވުރެ މޮޅު ފިލްމުތަކެއް ނެރުމުގެ ޒިންމާ އެވެ.
އޭނާ މިހާރު މަސައްކަތްކުރަނީ "ގިލަން" އާއި "ދޭތީ އަނިޔާ" ނިންމާށެވެ.
ފިލްމު "ދޭތީ އަނިޔާ" ގެ ޝޫޓިންގައި އަމްޖޭ
"އެ ދެ ފިލްމު އަންނަ އަހަރު ސިނަމާ އަށް ގެންނާނަން،" އޭނާ ބުންޏެވެ.
"އަހަރެންގެ ފިލްމުތަކަށް ލޯބި ކުރާ މީހުން ބޭނުންވާ ކަހަލަ ފިލްމުތައް ގެނެސްދޭން އަބަދުވެސް މަސައްކަތް ކުރާނަން. މިއީ އަހަރެން ވަރަށް ލޯބިވާ، ވަރަށް ޝައުގު ހުރެގެން މަސައްކަތް ކުރާ ދާއިރާއެއް."
އަމްޖޭ ދެކޭ ގޮތުގައި ފިލްމީ ދާއިރާގެ ކުރިމަގު ވަރަށް އުޖާލާ އެވެ.
"އުދަބާނީ 2" ރޯދައިގެ ފަހުން ފަށަނީ
މިއަހަރު އަމްޖޭގެ އުންމީދަކީ އެނބުރިއައުން
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ވިޝްކާ" ހޯމަ ދުވަހު ބައިސްކޯފަށް
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ
އެކްޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި
"ހަނާ" ގެ ޓީޒާއެއް ދައްކާލައިފި
"ހަނާ" އަންނަ މަހުގެ 27 އަށް ފަސްކޮށްފި
"ހަނާ" ފެންނާނީ ބައިސްކޯފުން
"އޯކިޑް: އޭނާގެ މާ" އަލުން އުފައްދަނީ