Roadha Mihaaru
"ހަނާ" ގެ ޓީޒާއެއް ދައްކާލައިފި

ވެބް ސީރީޒް "ހަނާ" ގެ ޓީޒާއެއް ދައްކާލައިފި

12 ފެބުރުއަރީ 2020

މި މަހުގެ 27 ގައި ބައިސްކޯފުން ސްޓްރީމްކުރަން ފަށާ ވެބް ސީރީޒް "ހަނާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 27 ގައި ބައިސްކޯފުން ސްޓްރީމްކުރަން ފަށާ ވެބް ސީރީޒް "ހަނާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ތޭރަ އެޕިސޯޑްގެ މި ސީރީޒަކީ އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ހަނާ" ގެ ޓައިޓްލް ރޯލް ކުޅެފައިވަނީ މީގެ ކުރިން ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ މަރިޔަމް ނޫރާ އެވެ. އޭނާ އަކީ މީގެ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދުގަ ޖެހޭނޭ" ލަވައިން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާއެކެވެ.

ނޫރާއާ އެކު "ހަނާ" ގެ ކާސްޓުން އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ފެނިގެންދާނެ އެވެ.

ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ސީރީޒްގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.