04 ޖެނުއަރީ 2018
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖެ އަށް މިސްރާބު ޖަހައިފި އެވެ.
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖެ އަށް މިސްރާބު ޖަހައިފި އެވެ.
އިންޑިއާގެ ދަހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓެމިލްނާޑޫގެ ރަށެއް ކަމަށްވާ ކަންނިޔާކުމާރީގެ 36 މަސްވެރިއަކު ވަނީ، އެ މީހުންގެ އެކުވެރިން ހޯދުމަށް މިދިޔަ މަހު 29 ގައި ރާއްޖެ އަށް ފުރައިފަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެރި ތޫފާނުގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދުމަށް އެ ގައުމުގެ ސިފައިން ވެސް މީގެ ކުރިން ވަނީ ރާއްޖެ އައިސް، ހެލިކޮޕްޓަރާއި މަނަފަރުފަހަރު ބޭނުން ކޮށްގެން އޮޕަރޭޝަނެއް ހިންގައިފަ އެވެ. އަދި އެ އޮޕަރޭޝަން ނިމުނު ފަހުން ދިވެހި ސިފައިން ވަނީ އިންޑިއާގެ މަސް ބޯޓެއް ސަލާމަތް ކޮށްފަ އެވެ.
ހިންދޫ ނޫހުން ބުނި ގޮތުގައި މަސްވެރިން އެ މީހުންގެ އަމިއްލަ "އޮޕަރޭޝަނެއް" މި ފެށީ ގެއްލުނު މަސްވެރިން ހޯދުމަށް އިންޑިޔާ ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.
އެ މީހުން ރާއްޖެ އަންނަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް ދިވެހި ފޮރިން މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެ އެވެ. ސަރުކާރުގެ ހުއްދަ ހަމަ ލިބުމާއެކު މަސްވެރިން އަށެއްކަ އުޅަނދުގައި ރާއްޖެ އަށް ފުރާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ މީހުންނަށް ރާއްޖެ އާދެވޭނެ ކަމަށް ހިންދޫ ނޫހުން ރިޕޯޓުކޮށްފައި ވެ އެވެ.
އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނި ގޮތުގައި މަސްވެރިން ހޯދުމުގެ އޮޕަރޭޝަން ފަށާނީ މާދަމާ އެވެ.
ތޫފާން "އޮކްޝީ" ގައި އިންޑިއާ އާއި ލަންކާގެ 67 މަސް ބޯޓެއް ވަނީ ގެއްލިފަ އެވެ.
އޭގެ އިތުރުން އިންޑިއާގެ ޓެމިލްނާޑޫ އާއި ލަންކާގެ ބައެއް ހިސާބުތަކަށް ބޮޑެތި ގެއްލުންތައްވެ، ބައެއް މީހުން މަރުވެފައި ވެ އެވެ. އަދި ކެރެލާ އާއި މަލިކު ހިމެނޭ ސަރަހައްދުން ހާލުގައި ޖެހުނު 531 މަސްވެރިން ސަލާމަތްކޮށްފައިވާ ކަމަށް ކެރެލާގެ ކަމާ ބެހޭ އިދާރާތްތަކުން ބުނެފައި ވެ އެވެ.
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި
ސިފައިން އެހީތެރިވީ ލަންކާގެ މަސް ބޯޓަކަށް
48 ގަޑިއިރު ވީއިރު ވެސް އިންޑިއާގެ ޖަވާބެއް ނުލިބުނު
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ހެދުން އިންޑިއާގެ ބަޔަކަށް
އިންޑިއާ ބޯޓަކަށް ވާތީ ފިޔަވަޅު ނާޅާ ނުތިބެން:ހުސައިން
އިންޑިއާ ބޯޓު ދޫކޮށްލީ މައުލޫމާތު ނަގާފައި: ފުލުހުން
ދޯނި ހިފެހެއްޓީ މަލިކަށް ވުރެ ވެސް ދުރުން