ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް މިދިޔަ ހަފްތާގައި އަތުލައިގަތް އިންޑިއާގެ މަސްބޯޓާއި އޭގައި ތިބި މަސްވެރިން ދޫކޮށްލީ އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް މިދިޔަ ހަފްތާގައި އަތުލައިގަތް އިންޑިއާގެ މަސްބޯޓާއި އޭގައި ތިބި މަސްވެރިން ދޫކޮށްލީ އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯޓް ރާއްޖޭން ފުރުމުގެ ހުއްދަ ދިނީ ފިޝަރީޒް މިނިސްޓްރީގެ ލަފަޔަށް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބޭރަށް އެ ބޯޓް ދަތުރުކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރުމުގެ ހުއްދަދީފައި ވަނީ ފުލުހުންގެ ތަހުގީގަށް ވެސް އަދި ފިޝަރީޒް މިނިސްޓްރީއަށް ވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް ނެގުމަށް ފަހު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވިގޮތުގައި އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް އަތުލައިގަތީ ޓުޓީކޮރިންގެ ބޯޓެއް ކަމަށެވެ. ޓުޓިކޮރިން އަކީ ދެކުނު އިންޑިއާގެ ބަނދަރުމަތީ ސިޓީއެކެވެ. އެ ނޫހުން ބުނި ގޮތުގައި މަސްވެރިން ރާއްޖޭގައި ހައްޔަރުވުމުން އެ މީހުން ސަލާމަތް ކޮށްދޭން އެދި އާއިލާތަކުން އެދި ހުށަހެޅީ ކަލެކްޓާ ސެންތިލް ރާޖް އަށެވެ. އަދި އެމީހުން ސަލާމަތްވީ އޭނާގެ މަސައްކަތުންނާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި މަސައްކަތުން ކަަމަށް ވެސް ބުންޏެވެ.
މި ސަރަހައްދުގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމުގެ މަސްވެރިން ހިފަހައްޓައި ފިޔަވަޅު އެޅުމަކީ މިހާރު އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ.
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
ފައިސާ ނުލިބޭތީ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް