18 ޑިސެމްބަރ 2017
ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުންގެ ސަސްޕެންޝަން އުވައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ސަސްޕެންޑްކޮށްފައިވާ ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުންގެ ސަސްޕެންޝަން އުވައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
އެ ކައުންސިލުގެ މެމްބަރު ހުސެން އާދަމް މިއަދު ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުއްވީ ތިން މަހުގެ އެ ސަސްޕެންޝަން އުވާލުމަށާއި އެ މައްސަލަ ކުރިއަށް ގެންދާއިރު، ކައުންސިލަރުންނަށް ވަޒީފާ އަދާކުރެވޭނެ ވަގުތީ އަމުރަކަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ސަސްޕެންޑް ކޮށްފައިވާ ގއ، އަތޮޅުގެ ކައުންސިލް އިދާރާގެ ކައުންސިލަރުންނާއި އެމްޑީޕީން ގުޅިގެންނެވެ. ސަސްޕެންޑްކުރި ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ.
ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރީ ޚާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުން މަނާކޮށް ސާކިއުލާއެއް ނެރެފައިވަނިކޮށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރުމުންނެވެ. އެކަމަކު ކައުންސިލަރުން ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އެ އެންގުން ލިބުނީ ބައްދަލުވުން ނިމުނު ފަހުން ކަމަށާއި އެހެންވެ، އެއީ އެ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ އަދި ސާކިއުލާގެ ދަށުން އެޅޭނެ ފިޔަވަޅެއް ކަމަށް. އަދި އެލްޖީއޭއަށް އެންމެ ފުރަތަމަ މި ފަދަ ފިޔަވަޅެއް އެޅޭނެ ކަމަކަށް ވެސް ނުދެކެން. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބައެއް،" "މިހާރު" އާ ކުރިން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވި އެވެ. އެލްޖީއޭން ބުނެފައިވާ ގޮތުން ކައުންސިލަރުންގެ ސަސްޕެންޝަން މުއްދަތުގައި، ކައުންސިލް އިދާރާ ހިންގާނީ އެލްޖީއޭގެ ލަފާގެ މަތިން، އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ. އަދި އެ މުއްދަތުގައި ކައުންސިލަރުންނަށް އެއްވެސް ތަނެއްގައި އެ ކައުންސިލް ތަމްސީލު ނުކުރެވޭނެ ކަމަށް ވެސް އެތަނުން ބުނެފައިވެ އެވެ.
އުކުޅަހާއި ބައެއް ރަށްރަށުގެ ކައުންސިލަރުން ސަސްޕެންޑް
42 ރަށެއްގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރިއަށް
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން
އައްޑޫ މޭޔަރާއި ތިން ކައުންސިލަރަކު ސަސްޕެންޑްކޮށްފި
އިހަވަންދޫ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި
ގއ. އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް
އެލްޖީއޭގެ ސީއީއޯކަމުން ފާރޫގު ވަކިކުރީ ރަނގަޅަށް:ކޯޓު
އެމްޑީޕީގެ 5 މިލިއަންގެ ދަރަނިދައްކަން އެއްބަސްވުމަކަށް
ޒުލްފާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި
ފްލެޓް ގަތީ މަގާމުގެ ލިބުމުގެ ކުރިން: ޒިފްލީން