Roadha Mihaaru
އެލްޖީއޭގެ ސީއީއޯކަމުން ފާރޫގު ވަކިކުރީ ރަނގަޅަށް:ކޯޓު

އެލްޖީއޭގެ ކުރީގެ ސީއީއޯ ފާރޫގު ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފި

14 ސެޕްޓެމްބަރ 2017

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އެ މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އެ މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ފާރޫގު އެ މަގާމުން ވަކިކުރަން ނިންމީ އެލްޖީއޯގެ ބޯޑުންނެވެ.

އެ މައްސަލަ ފާރޫގުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ވަނީ ފާރޫގު ވަކިކުރީ ވަޒީފާގެ އެއްބަސްވުމާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އޭނާއަށް އެ މަގާމު އަލުން އަނބުރާ ދިނުމަށާއި އެދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ދޭން އަންގާނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ފާރޫގު އެ މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގައި މުހައްމަދު ޝަފީގު މަހްމޫދު މިދިޔަ އަހަރު ވަނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ.