13 ޑިސެމްބަރ 2017
ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވާފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިއަދުން ފެށިގެން ތިން މަހަށް ސަސްޕެންޑް ކޮށްފި އެވެ.
ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވާފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިއަދުން ފެށިގެން ތިން މަހަށް ސަސްޕެންޑް ކޮށްފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެގޮތަށް ނިންމީ ހުއްދަ ނެތި ޑިޕްލޮމެޓުންނާ ބައްދަލު ކުރުން ކައުންސިލްތަކަށް މަނާ ކޮށްފައި ވަނިކޮށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ގއ. އަތޮޅު ކައުންސިލުން އިއްޔެ ބައްދަލު ކޮށްފައި ވަނިކޮށެވެ.
އިންޑިއާގެ ސަފީރުގެ އިތުރުން އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ މި ހަފުތާގައި ގދ. ތިނަދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައިފަ އެވެ. ޚާއްސަ ހުއްދައަކާ އެކު ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، އެލްޖީއޭއިން މަނާކުރީ ތިނަދޫގެ ކައުންސިލަރުންނާ އެކު ޑޯރިސް ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގއ. އަތޮޅުގެ ކައުންސިލުން އިންޑިއާ ސަފީރު އަކިލޭޝްއާ ބައްދަލުކުރީ އޭނާ މިހާރު ގއ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުގަ އެވެ.
ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަށް އެލްޖީއޭއިން ފޮނުވި ސިޓީގައިވާ ގޮތުން، އެ އަތޮޅުގެ ކައުންސިލަރުން މިއަދުން ފެށިގެން ތިން މަހަށް ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ. އަދި އެ މުއްދަތުގައި ޚިދުމަތެއް ހޯދުމަށް ނޫން ގޮތެއްގައި ކައުންސިލަރުން އެ ކައުންސިލް އިދާރާއަށް ވަޑައިގަތުމާއި އެތަނުގެ ވަސީލަތްތައް ބޭނުން ކުރުން ވެސް އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ.
އެލްޖީއޭގެ ސިޓީގައިވާ ގޮތުން ކައުންސިލަރުންގެ ސަސްޕެންޝަން މުއްދަތުގައި، ކައުންސިލް އިދާރާ ހިންގާނީ އެލްޖީއޭގެ ލަފާގެ މަތިން، އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ. އަދި އެ މުއްދަތުގައި ކައުންސިލަރުންނަށް އެއްވެސް ތަނެއްގައި އެ ކައުންސިލް ތަމްސީލު ނުކުރެވޭނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައި އޮތީ ކައުންސިލްތަކަށް ޑިޕްލޮމެޓުންނާ ބައްދަލު ކުރެވޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހޯދާ ހުއްދައެއްގެ ދަށުން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
ކައުންސިލް މެމްބަރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އެލްޖީއޭގެ ނައިބު ރައީސަކަށް މިންނާ އިންތިޚާބުކޮށްފި
އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ހުށަހަޅައިފި
ރައީސަށް އެލްޖީއޭގެ ބާރު ލިބޭ ގޮތަށް ފާސްކޮށްފި
އެލްޖީއޭގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި
އެލްޖީއޭގެ ބާރު ރައީސަށް ލިބޭ ގޮތަށް ބަދަލު ގެންނަނީ