ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 16) - ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހަަމައެކަނި ލަނޑާ އެކު 1-0 އިން ބްރެޒިލްގެ ގްރެމިއޯ ބަލިކޮށް ރެއާލް މެޑްރިޑުން ކްލަބް ވޯލްޑް ކަޕް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑެއް ހަަދައިފަ އެވެ.
17 ޑިސެމްބަރ 2017
ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 16) - ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހަަމައެކަނި ލަނޑާ އެކު 1-0 އިން ބްރެޒިލްގެ ގްރެމިއޯ ބަލިކޮށް ރެއާލް މެޑްރިޑުން ކްލަބް ވޯލްޑް ކަޕް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑެއް ހަަދައިފަ އެވެ.
މި ކާމިޔާބީއާ އެކު ޒިދާނަށް ވެސް ވަނީ ރެއާލުގެ ތާރީހުގައި ހާއްސަ ރެކޯޑެއް ގާއިމުކުރެވިފަ އެވެ. އެއީ ކަލަންޑަރު އަހަރެއްގައި އެ ޓީމަށް ތަށި ހޯދައިދީގެންނެވެ. ރެއާލުން ވަނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ސުޕަ ކަޕުގެ އިތުރުން ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރިއިރު، އޭގެ ފަހުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ރެއާލުގެ ކުޅުންތެރިންނަށް ލިބުނެވެ. އެގޮތުން ލޫކަ މޮޑްރިޗް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އަދި ރޮނާލްޑޯ އާއި ޓޮނީ ކްރޫސް ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ގަރެތު ބޭލް ފޮނުވާލި ބޯޅަ ގްރެމިއޯގެ ކީޕަރު މާސެލޯ ގްރޯހޭ ވަނީ މަތަކޮށްފަ އެވެ.
މިއީ ރެއާލުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ރެއާލުން ހިއްސާކުރަނީ އެ ޓީމުގެ ވާދަވެރި ކްލަބް ބާސެލޯނާއާ އެވެ. ރެއާލުން މި ރެކޯޑާ ހަމަކުރީ މިދިޔަ ހަތަރު އަހަރު ތެރޭ ތިން ފަހަރު ތަށި ހޯދައިގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމުން ވަނީ ރޮނާލްޑޯގެ ހެޓްރިކާ އެކު 4-2 އިން ޖަޕާނުގެ ކަޝިމާ އެންޓްލާސް ބަލިކުރުމަށް ފަހު އެވެ.
މި ފަހަރުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރެއާލް އެވެ. މުބާރާތުގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔަކީ ގްރެމިއޯގެ ޔޮނަތަން އަށެވެ. ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިޔަކީ މޮޑްރިޗެވެ.
ފައިނަލުން ބަލިވުމުން ގްރެމިއޯ އަށް ވަނީ މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ކްލަބަކަށް ވުމުގެ ފުރުސަތު ގެއްލިފަ އެވެ. މި މުބާރާތް ކުރިން ކާމިޔާބުކުރި ބްރެޒިލްގެ ތިން ކްލަބަކީ ކޮރިންތިއަންސް، ސަންޓޮސް އަދި އިންޓަނަސިއޮނަލް އެވެ.
ރެއާލުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އޮލޮންސޯގެ ފުރަތަމަ މެޗު ސައުދީ ޓީމާ އެއްވަރުވެއްޖެ
ކްލަބް ވޯލްޑް ކަޕުން ރޮނާލްޑޯ ފެނިދާނެ: ފީފާގެ ރައީސް
ސެމީއަށް ގެންގޮސް ރޮނާލްޑޯ އާކުރީ ރެއާލުގެ ހަނދާން
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ރެއާލްގައި ބެލިންހަމް ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލަށް 100 ތަށި
އަހްލީން ފެށީ ގަދަކޮށް، ފައިނަލުގެ ޖާގަ ރެއާލްއަށް