ޔޮކަހާމާ، ޖަޕާން (ޑިސެމްބަރު 18) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު 4-2 އިން ޖަޕާންގެ ކަޝިމާ އެންޓްލާސް ބަލިކޮށް ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ދެ ވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.
ޔޮކަހާމާ، ޖަޕާން (ޑިސެމްބަރު 18) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު 4-2 އިން ޖަޕާންގެ ކަޝިމާ އެންޓްލާސް ބަލިކޮށް ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ދެ ވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.
ރެއާލް މޮޅުވީ މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވިއިރު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ދެ ހާފްގައި ޖެހި ލަނޑުތަކާ އެކު އެވެ.
މެޗުގެ ނުވަ ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ކަރިމް ބެންޒެމާގެ ލަނޑުންނެވެ. ކަޝިމާ އަށް 44 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ގަކޫ ޝިބަސާކީ އެވެ. ދެ ވަނަ ހާފް ފެށިގެން ހަތް ވަނަ މިނިޓްގައި ޝިބަސާކީގެ ދެ ވަނަ ލަނޑާ އެކު ކަޝިމާ އިން ލީޑުނެގި އެވެ.
އެހެން ނަމަވެސް އެ ޓީމަށް ލީޑު ހިފަހައްޓައިލެވުނީ އަށް މިނިޓް ވަންދެނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ރެއާލަށް އެއްވަރުކޮށްދިނެވެ. މެޗުގެ 89 ވަނަ މިނިޓްގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ ކަޝިމާ ކީޕަރު މަތަކުރި އެވެ.
އެހެން ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ވައްދާލި ދެ ލަނޑާ އެކު ރޮނާލްޑޯ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިއާ އެކު ރޮނާލްޑޯ ވެފައިވަނީ ކްލަބް ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މި މޮޅާ އެކު ރެއާލުން ވަނީ ބަލިނުވެ 37 މެޗު ހަމަކޮށްފަ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ޔޫރަޕަށް ނިސްބަތްވާ ޓީމަކު ކްލަބް ވޯލްޑް ކަޕް އުފުލާލި ނުވަ ވަނަ ފަހަރެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ މުޅިން ތަފާތު ފައިނަލެއް ކަމަށާއި ހީކުރި ވަރަށް ވުރެން މާ މޮޅަށް ކަޝިމާ އިން ކުޅުނު ކަމަށެވެ.
"އަހަރެމެން ހިޔެއް ނުކުރަން ކަޝިމާ އިން މިހާ މޮޅަށް ކުޅޭނެ ކަމަށް. އަބަދުވެސް ބުނޭ ފައިނަލަކަށް އާދައިގެ ޓީމެއް ނުދާނެޔޭ. ކަޝިމާ އިން ސާބިތު އެއްކޮށްދިނީ އެކަން،" ޒިދާން ބުންޏެވެ.
ކްލަބް ވޯލްޑް ކަޕްގެ ތަށްޓާ އެކު ރެއާލަށް ރެކޯޑެއް
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އޮލޮންސޯގެ ފުރަތަމަ މެޗު ސައުދީ ޓީމާ އެއްވަރުވެއްޖެ
ކްލަބް ވޯލްޑް ކަޕުން ރޮނާލްޑޯ ފެނިދާނެ: ފީފާގެ ރައީސް
ސެމީއަށް ގެންގޮސް ރޮނާލްޑޯ އާކުރީ ރެއާލުގެ ހަނދާން
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ރެއާލްގައި ބެލިންހަމް ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލަށް 100 ތަށި
އަހްލީން ފެށީ ގަދަކޮށް، ފައިނަލުގެ ޖާގަ ރެއާލްއަށް