ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ބޮޑު ޚަރަދެއްް ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
11 ޑިސެމްބަރ 2017
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ބޮޑު ޚަރަދެއްް ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
މަޝްހޫރު ވިޔަފާރިވެރިންތަކެއް ހިމެނޭ ކުންފުނިން ތަރައްގީ ކުރި ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ ފަހު ކުއާޓަރުގަ އެވެ. ނަމަވެސް ޓްރީ ޓޮޕްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެންމެ މަތީފެންވަރުގެ ޚިދުމަތް ދޭން ތަރައްގީ ކުރި ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށެވެ.
"އެ މައްސަލަތައް ހައްލުނުކޮށް ހޮސްޕިޓަލް ހިންގަން ފަށައިފި ނަމަ ފަހުން އެ މައްސަލަތައް ހައްލުކުރަން ވަރަށް އުނދަގޫވާނެ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ފަހު ނޫނީ ހިދުމަތް ދޭން ނުފަށަން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީ ކުރި ހޮސްޕިޓަލުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭން. [އިމާރާތުގައި] މައްސަލަތައް ހުރެގެން، އެ ފެންވަރުގެ ޚިދުމަތް ދޭން ދަތިތަކެއް ކުރިމަތިވާނެތީ ހުޅުވުން ފަސްކުރީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދައި ތަމްރީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ތަރައްގީކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަހައްޓާފައި މެޝިނެއް: މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައި.
ޓްރީ ޓޮޕް އިންވެސްޓްމެންޓުން އިމާރާތްކުރި މި ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. އެގޮތުން ކޮންމެ ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.
ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދެއް ކޮށްގެން އިމާރާތްކުރި ހޮސްޕިޓަލުން ޚިދުމަތް ދިނުމަށްޓަކައި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑައިލިސިސް މެޝިނާއި ހިތުގެ ބަލިތަކަށް ޚާއްސަ ކެތު ލެބެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮރޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީ އަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް އެތަނުގައި ހުންނާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނާއި އެކްސްރޭ މެޝިންތައް ބަހައްޓާފައިވެ އެވެ. އަދި މުވައްޒަފުންނަށާއި ބަލި މީހުން ބޭތިއްބުމަށް ހާއްސަ ޕްރައިވެޓް ވޯޑުތަކެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އޭގެ އިތުރުން ކެންސަރަށް ފަރުވާ ދިނުމަށް ކީމޯ ތެރަޕީގެ ހިދުމަތާއި ކިޑްނީ ޑައިލިސިސް ހެދޭ މެޝިންތަކާއި އޯޕަން ހާޓް ސާޖަރީ ހެދޭނެ ތިއޭޓަރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
ޓްރީ ޓޮޕްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލަށް އާއްމުންގެ ބޮޑު ތަރުހީބެއް!
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް
ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ
ޓްރީޓޮޕް ހޮސްޕިޓަލުން 500 ވަޒީފާ ހުޅުވާލައިފި