ހުޅުމާލޭގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެކި ދާއިރާތަކުން 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
18 ފެބުރުއަރީ 2017
ހުޅުމާލޭގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެކި ދާއިރާތަކުން 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއް ހިމެނޭ ކުންފުންޏަކުން ތަރައްގީކުރާ 159 އެނދުގެ ހޮސްޕިޓަލުން، ކްލިނިކަލް އަދި ނޮން ކްލިނިކަލް 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދު ހުޅުމާލޭގައި ފެށި ޔޫތު ކެރިއާ އެކްސްޕޯ 2017 ގަ އެވެ.
ޓްރީޓޮޕްގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕޯގައި ހުޅުވާފައިވާ ސްޓޯލަށް 100 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަންތައް ބެލުމަށް ފަހު، އެ މީހުންނާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް މި އަހަރުގެ މެދެއްހާ ތަނުގައި ހުޅުވާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ހުޅުމާލޭގައި ހަ ބުރިއަށް ހަދާ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގްގެ އޮނިގަނޑުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރަނީ އެ އިމާރާތުގެ އެތެރޭގެ މަސައްކަތްތަކެވެ. ހޮސްޕިޓަލް ބިލްޑިންގްގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާގެ މީހުން ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ އަަށް ބުރީގެ އިމާރާތެއް ވެސް އަންނަނީ ހަދަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑައިލިސިސް އާއި ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބަކާއި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާ ދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީ އަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް އެތަނުގައި ހުންނާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ރޫމް ހުރެ އެވެ. އެގޮތުން ބަލި ދެ މީހަކަށް 30 ކޮޓަރިއާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރިއާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.
ޓްރީ ޓޮޕްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލަށް އާއްމުންގެ ބޮޑު ތަރުހީބެއް!
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް
ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފި
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ