05 ޑިސެމްބަރ 2017
މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީގެ ތޮށިގަނޑު މަރާމާތު ކުރުން އެމްޕީއެލް އިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީގެ ތޮށިގަނޑު މަރާމާތު ކުރުން އެމްޕީއެލް އިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
އެ މަޝްރޫއާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ، މާލޭގެ ކޮމާޝަލް ހާބަރާއި ޓީ ޖެޓީގެ އެއްގަމު ތޮށިގަނޑުގެ ބޮލާޑާއި ކެޕިންތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ އެއީ އެފަދަ މަރާމާތުތައް ކުރުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީގެ ތޮށި މަރާމާތުކުރަން އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ އިސްވެރިން މިއަދު ސޮއި ކުރައްވަނީ. މިއީ ނުވަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. ފޮޓޯ: އެމްޕީއެލް
"ވިޔަފާރި ބަނދަރާއި ޓީ ޖެޓީގެ ތޮށިގަނޑު މަރާމާތު ނުކުރާތާ އެތައް އަހަރެއް ވެއްޖެ. ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަ ހިންގާ އަދި ކަނޑުމަގުން އުފުލާއިރު، ދަތިތަކެއް ދިމާވޭ އެ ތަންތަން ހަލާކުވެފައި ހުރުމުން. މީގެ ކުރިން އެ ތަންތަން މަރާމާތު ކުރަން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި، އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ ކޮންމެ ތަނެއް ދެ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި އެމްޓީސީސީން އެ މަސައްކަތްތައް 28 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ނިމުމުން އެއްފަހަރާ ގިނަ އުޅަނދުތަކަށް ހިދުމަތް ދެވޭނެ. އަދި މަސައްކަތްތައް ކުރިއަށް ގެންދާނީ އޮޕަރޭޝަނަށް ވަރަށް ބޮޑަށް ބަލައިގެން، ދަތިނުވާ ގޮތަށް،" ހަލީމް ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އެމްޕީއެލްއިން މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި