Roadha Mihaaru
ބޯޓިން އެވޯޑްސް ދިނުމުގެ ހަފުލާ މިރޭ

ބޯޓިން އެވޯޑްސް ދިނުމުގެ ހަފުލާ މިރޭ

04 ޑިސެމްބަރ 2017

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމަށް ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސް ހަފުލާ މިރޭ އޮންނާނެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމަށް ދޭ މޯލްޑިވްސް ބޯޓިން އެވޯޑްސް ހަފުލާ މިރޭ އޮންނާނެ އެވެ.

ބޯޓިން އެވޯޑްސް އަކީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާއި ޔުނިކާ ކުންފުނިން އިންތިޒާމް ކުރާ ހަފުލާއެކެވެ. ޔުނިކާ އިން ބުނީ އޮވޯޑް ހަފުލާ އޮންނާނީ ނެޝަނަލް އާޓް ގެލަރީގައި، މިރޭ 8:30 ގައި ކަމަށެވެ.

މި އަހަރުގެ އެވޯޑަށް 25 ކުންފުންޏަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެވޯޑް ލިބޭނެ ކުންފުނިތައް ކަނޑައަޅާނީ ޖަޖުންގެ 60 ޕަސެންޓް އަދި އޮންލައިންކޮށް ނެގި ވޯޓުން 40 ޕަސެންޓް ހިނަމައިގެންނެވެ.

އެވޯޑް ލިބޭ ކުންފުނިތައް ކަނޑައަޅާ ޖަޖުންގެ ޕެނަލަކީ ލޭމް އިން އެކުލަވާލާފައިވާ ޕެނަލެކެވެ.

އޮންލައިން ވޯޓިން ހުޅުވާލީ ޖުލައި 25 އިން ފެށިގެން، އޯގަސްޓް މަހުގެ ނިޔަލަށެވެ. ޔުނިކާގެ އޮފިޝަލަކު ވިދާޅުވީ އެހެން އަހަރުތަކާ އަޅާ ބަލާއިރު، މި އަހަރުގެ އޮންލައިން ވޯޓިން އަށް ވަރަށް ޑިމާންޑް ބޮޑުވި ކަމަށެވެ.

މިދިޔަ އަހަރާއި 2014 ގައި ވެސް ބޯޓިން އެވޯޑް ދީފައިވެ އެވެ.