Roadha Mihaaru
ބޯޓިން އެވޯޑްގެ ސްޕޮންސަރުން އިއުލާނު ކޮށްފި

މޯލްޑިވްސް ބޯޓިން އެވޯޑުގެ މި އަހަރުގެ ސްޕޮންސަރުން އިއުލާން ކޮށްފި

02 އޯގަސްޓް 2017

އަންނަ ނޮވެމްބަރު މަހު ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ސްޕޮންސަރުން އިއުލާނު ކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އަންނަ ނޮވެމްބަރު މަހު ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ސްޕޮންސަރުން އިއުލާނު ކޮށްފި އެވެ.

ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޓް އެސޯސިއޭޝަނުން އިންތިޒާމްކުރާ ބޯޓިން އެވޯޑުގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓް އެވެ. ކޯ ސްޕޮންސަރަކީ ދަ ހޯކްސް ޕްރައިވޓް ލިމިޓެޑެވެ.

ތަފާތު 25 ކެޓަގަރީއަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ ބޯޓިން އެވޯޑަށް ކުރިމަތިލީ ކުންފުނިތަކުގެ މެދުގައި އޮންލައިން ވޯޓިން މިހާރު ވަނީ ފަށައިފަ އެވެ. މި މަހުގެ ނިޔަލަށް އޮންލައިންކޮށް ވޯޓް ލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.

އެވޯޑު ދޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ 60 ޕަސެންޓް އަދި އޮންލައިން ވޯޓުން 40 ޕަސެންޓް ހިނަމައިގެންނެވެ. އޮންލައިންކޮށް ވޯޓް ލެވޭނީ އެ އިވެންޓްގެ ރަސްމީ ވެބްސައިޓް www.boatingawards.mv އިންނެވެ.

މިދިޔަ އަހަރާއި 2014 ގައި ވެސް ބޯޓިން އެވޯޑް ދީފައިވެ އެވެ.