04 ޑިސެމްބަރ 2017
ބޭރު ދުނިޔޭގެ ބޭންކުތައް ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިނިވަން ވިޔަފާރީގެ ސަބަބުން އެކަމަށް މަގު ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ބޭރު ދުނިޔޭގެ ބޭންކުތައް ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިނިވަން ވިޔަފާރީގެ ސަބަބުން އެކަމަށް މަގު ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ނިންމައި މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ވެސް ދީފަ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ރޭ ވިދާޅުވީ މިހާރު ރާއްޖެ އިން ލޯންތައް ހޯދުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ބެންކުތައް ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަށް ފްރީ ޓްރޭޑް އެގްރިމެންޓްގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށެވެ.
"އެހެންވެއްޖެއްޔާ ދިވެހި ބޭންކުތަކަށް ބޭރުގެ ބޮޑެތި ބޭންކުތަކުން ފައިސާ ގެނެސް ދިވެހި ވިޔަފާރިތަކަށް ދިނުމުގެ ފުރުސަތު ވެސް ހަމަޖެހިގެން އެބަދޭ. ނުވަތަ ބޭރުގެ ބޭންކުތަކުން ޑައިރެކްޓްކޮށް ދިވެހި ވިޔަފާރިތަކަށް ނުވަތަ އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ލޯން ނެގުމުގެ ފުރުސަތު ފަހިވެގެންދޭ." މިނިސްޓަރު ވިދާޅުވި އެވެ.
މުޅި ދުނިޔެ އިން "އަތްފުނާ" އަޅައިގެން މަސައްކަތް ކުރަމުންދަނީ އެކްސްޕޯޓަށް ރަނގަޅު ގޮތެއް ހޯދުމަށް ކަމަށާއި ފްރީ ޓްރޭޑް އެގްރިމެންޓާއެކު އެ ފުރުސަތު ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ޗައިނާއާއެކު ހަދާ އެއްބަސްވުމާއެކު އެހެން ގައުމުތަކުން ސީފުޑް އެތެރެކޮށް ޗައިނާ އަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޗައިނާގެ ޖުމްލަ ކަސްޓަމްސް ޓެރިފް ލައިން އެބައުޅޭ ހަ ހާސް ކޮންމެވެސް އަދަދަކަށް. އޭގެ ތެރެއިން 298 އައިޓަމަކީ ސީފުޑް. އޭގެ ތެރެއިން 296 އައިޓަމަށް އަޅުގަނޑުމެންނަށް ޒީރޯ ޕަސެންޓްގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފްރީ ޓްރޭޑް އެގްރިމެންޓަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުންނަކީ "އައުޑްޑޭޓް ޕްރޮޑަކްޓްސް" ކަމަށާއި އެ ސިޔާސީ ބޭފުޅުންނަށް ލިބުނު ފުރުސަތުގައި ކަންކަން ނުކުރުމަކީ މިއަދު ކަމެއް ނުކޮށްތިބެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ކުށެއް ނޫން 30 އަހަރުން ނަތީޖާ ނުނެރުވުމަކީ. އަޅުގަނޑުމެންގެ ކުށެއް ނޫން ތިން އަހަރުން ނުވަތަ ތިން އަހަރު ހަމަނުވަނީސް ބޭފުޅަކު އިސްތިއުފާދީފަ ވަޑައިގަތުމަކީ،" ސައީދު ވިދާޅުވި އެވެ.
ކުދި ވިޔަފާރިތައް ހިމާޔަތް ކުރަން އެންމެ މުހިންމު މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށާއި ލޯން ދިނުމުގެ އިތުރުން ވިޔަފާރިތަކަށް ޒުވާނުން ތަމްރީނު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭ ހަދަން ޖެހުނީ އެކަށީގެންވާ އަގު ނުލިބޭތީ
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ
އެފްޓީއޭގެ ފަހުގެ މަޝްވަރާތަކަށް ސައީދު ހޮން ކޮންގަށް
އެފްޓީއޭ އިން ސަފާރީ ޓޫރިޒަމަށް ނުރައްކަލެއް ނެތް
މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި