27 ނޮވެމްބަރ 2023
ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
ރައީސް ޑރ މުއިއްޒުގެ ހަފްތާ14ގެ ހިމެނޭ ބައެއް މަސައްކަތުގެތެރެއިން، ލ ގާދޫކައިރީތަރައްގީކުރާ ކޮމާޝަލްޕޯޓާއި،ޕޯޓާއިލޮޖިސްޓިކްސް ހިމެނޭގޮތައް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދިމާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ.ވ އަވަހަށްއިއުލާނުކުރާނަން pic.twitter.com/F6fPqiyB4M
— Mohamed Saeed (@em_saeed) November 27, 2023
ސައީދުގެ ޓްވީޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް އަޅަނީ ބަންކަރިން ހިދުމަތާ އެކު އެވެ. އެ ބަނދަރު އެޅުމަށް ފަހު ގާދޫ އާއި ފޮނަދުއާ ދެމެދު ރިސޯޓެއް އަޅަން ވެސް ޑރ މުއިއްޒު ވަނީ ކެމްޕެއިން ތެރޭގައި ވައުދުވެފަ އެވެ.
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ވަނީ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދާނެ އެވެ. ބަންކަރިން ހިދުމަތާ އެކު، ޝިޕިން އެޖެންސީ އާއި ކްރޫ ޗޭންޖާއި ޝިޕް ހޭންޑްލިން ނުވަތަ ބޯޓު ފަހަރު ސާވިސް ކުރުމާއި މަރާމާތު ކުރުމާއި ސްޕެއާ ޕާޓްސް ފޯރުކޮށްދޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް އަޅަނީ ބަންކަރިން ހިދުމަތާ އެކު އެވެ. އެ ބަނދަރު އެޅުމަށް ފަހު ގާދޫ އާއި ފޮނަދުއާ ދެމެދު ރިސޯޓެއް އަޅަން ވެސް ޑރ މުއިއްޒު ވަނީ ކެމްޕެއިން ތެރޭގައި ވައުދުވެފަ އެވެ.
ފްރީ ޓްރޭޑާއެކު އިތުރު ބޭންކުތައް ރާއްޖެ ގެނެވޭނެ
އައިހެވަންގެ މާސްޓަ ޕްލޭން މިމަހު ނިމޭނެ
އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރު ބަޔަކަށް
އައިހަވަން މާސްޓަ ޕްލޭނަށް 10 ފަރާތެއް ކުރިމަތިލައިފި
އާ ދާއިރާތަކުން އިގްތިސާދު ފުޅާކުރަން އުއްމީދެއް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް