28 ޖުލައި 2024
ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި މިއަދު އެދިއްޖެ އެވެ.
ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި މިއަދު އެދިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ލައިސަންސް ހޯދަން ބޭނުންވާ ފޯމުތައް މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަަމަށެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ، އެއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާނެ ކުންފުންޏެއް ކަމަށެވެ.
އެ ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ރޭ ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ބޭރުގެ ބޮޑެތި ބޭންކުތައް ހިންގާފައިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މިހާރު ނަގާފައިވާ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ޑިވެލޮޕްމަންޓު ބޭންކަށް ބޭރުގެ ސީއީއޯއެއް ނެގުމަށެވެ.
ބިޔަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިން ފަހިކޮށްދިނުމަށްޓަކައި ޑިވެލޮޕްމެންޓް ބޭންކެއްގެ ރާއްޖޭގައި ހުޅުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށް ސައީދު މީގެ ކުރިން ވިދާޅުވި އެވެ. އޭގެ ޝައުގުވެރިކަން މިހާރު ވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިވެލޮޕްމެންޓް ބޭންކުން، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ އެވެ.
ޑިވަލޮޕްމެންޓް ބޭންކެއް ހުޅުވާ އިރު ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމް ކުރުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް