Roadha Mihaaru
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން

ވެރިކަމާ ހަވާލުވި އިރު ހަތް ބިލިއަން ވިޔަފާރިތަކަށް ނުދީ އޮތް: ސައީދު

26 ޖެނުއަރީ 2024

މި ސަރުކާރާ ހަވާލުވެ، މަސައްކަތްތައް ފެށި އިރު ވިޔަފާރިތަކަށް ދޭން ޖެހި ނުދީ، ހަތް ބިލިއަން ރުފިޔާ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރާ ހަވާލުވެ، މަސައްކަތްތައް ފެށި އިރު ވިޔަފާރިތަކަށް ދޭން ޖެހި ނުދީ، ހަތް ބިލިއަން ރުފިޔާ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ބޭއްވި "އަހާ" ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލްޓަންޕާކުގައި ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި ސައީދު ވިދާޅުވީ، އެކި ބިލްތަކަށް ސަރުކާރުން ދައްކަންޖެހޭ ހަތް ބިލިއަން އޮތް އިރު، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ އަދަދު 3.5 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށެވެ.

"ދައުލަތް ދަރަފައި މި އޮތީ. އެއާ އެކު 122 ބިލިއަނަށް ދަރަނި އެބައޮތް ފުނި ޖެހިފައި. ފިސްކަލް ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު އޮތީ،" އޭނާ ވިދާޅުވި އެވެ.

"އަހާ ފޯރަމް" ގައި ބައިވެރިވި ބައެއް ފަރާތްތައް. މި ފޯރަމަކީ އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ބޭއްވި ފޯރަމެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަހާ ފޯރަމް" ގައި ބައިވެރިވި ބައެއް ފަރާތްތައް. މި ފޯރަމަކީ އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ބޭއްވި ފޯރަމެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސައީދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ސަރުކާރުން ވަރަށް ހާއްސަ ކަމެއް ދީ، އެ ވިޔަފާރިތައް ކުރިއެރުވުމަށް މުހިއްމު އިސްކަމެއް ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް، އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅުވުމަށް ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހާލަތު ޓާން އެރައުންޑް ކުރާނަން އިންޝާﷲ. އެއީ ވަރަށް ފަހަކުން ވެސް ނޫން. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކި އެކި ހިދުމަތްތައް ދީފައިވާ އަދި ޕްރޮޖެކްޓްތައް ހިންގި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދޭތީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވެ އެވެ. އެކަމާ ގުޅިގެން ގިނަ ވިޔަފާރިތަކުން އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައި ވެ އެވެ.

ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ދޭން އެބަ އެބަހުއްޓެވެ. ފެނަކަ އިން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު އެ ކުންފުނިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.