02 ޖުލައި 2018
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ހަދަން ޖެހުނީ، ރާއްޖެ އިން ބޭރުކުރާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ހަދަން ޖެހުނީ، ރާއްޖެ އިން ބޭރުކުރާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނަރަލް އޮފީހުން ބާއްވާ އެކައުންޓެންޓުންގެ ފޯރަމް ފެށުމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޗައިނާ ގައި "ޓަކި ޖަހަން ޖެހުނީ" އެ ގައުމަކީ ބޮޑު ކޮންޒިއުމާ މާކެޓެއް އޮތް ގައުމަކަށް ވުމުން ކަމަށެވެ.
ދިވެހި އުފެއްދުންތަކަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ މިސާލެއްގެ ގޮތުން ސައީދު ވިދާޅުވީ، ދުނިޔޭގައި ދޮށީގެ މަސްވެރިކަން ކުރާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވިޔަސް ޔޫރަޕްގެ މާކެޓުތަކުން އެކަމަށް ނުބަލާ ކަމަށެވެ. އެގޮތުން، ރާއްޖެ އިން ބޭރުކުރާ މަސް އެ ގައުމުތަކުން ގަންނަނީ އެހެން ގައުމުތަކުން ބޭރުކުރާ މަހާ އެއް އަގެއްގައި ކަމުން، ދިވެހި މަސްވެރިންގެ ބުރަ މަސައްކަތްތަކަށް ހަމަ އަގު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިޔަރެއް ނުމަރަން. ވެލައެއް ނުމަރަން. ނުނަގަން. ކަހަނބެއް ނުނަގަން. ޑޮލްފިން އެއް ނުމަރަން. އެކަމަކު އަޅުގަނޑުމެންގެ ޓޫނާ އާ އެހެން ގައުމުތަކުން ޔޫރަޕުގެ ގައުމުތަކަށް ނުވަތަ ކޮންޒިއުމާ ބްލޮކްތަކަށް ގަންނަ ޓޫނާއާ އެއް ހަމައެއްގައި ޓެރިފް އެންޕޯސް ކުރަން ވެއްޖެ ނަމަ އެ އަކީ ފެއާ ޓްރޭޑެއް ނޫން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ރާއްޖެ އިން އެކުލަވާލައި އަދި އިތުރު ގައުމުތަކާ އެކު މިފަދަ އެއްބަސްވުންތައް ހެދުމަށް މަޝްވަރާތަށް ފަށަން މަޖުބޫރުވި އެއް ސަބަބަކީ ވެސް ދިވެހި މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބުމެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާ އަށް އެތެރެކުރާ ތަފާތު 6،000 ބާވަތަކުން ރާއްޖެ އަށް ވަނީ ލުއި ލިބިފަ އެވެ. ސައީދު ވިދާޅުވީ ލުއި ލިބިފައިވާ ބާވަތްތަކުގެ ތެރޭގައި ސީފުޑްގެ 298 ބާވަތެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން 296 ބާވަތަކީ ސުން ޕަސެންޓްގައި ޗައިނާ އަށް އެތެރެކޮށް ވިއްކުމުގެ ފުރުސަތު ލިބިފައިވާ އެއްޗެހި ކަމަށެވެ.
"30 ޕަސެންޓް ރީޖަނަލް ވެލިއު ކޮންޓެންޓް އެޑް ކުރުމަށް ފަހު، ދިވެހި ރާއްޖެ އަށް އިމްޕޯޓް ކޮށްފައި، ރީއެކްސްޕޯޓް ކުރާ ކޮންމެ އެއްޗަކަށް ސުން ޕަސެންޓްގަ [ޗައިނާ އަށް] އެތެރެ ކުރުމުގެ ފުރުސަތު މި އޮތީ ލިބިފައި،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އިން މިހާރު ބޭރު ކުރަނީ އާންމުކޮށް ކަނޑު މަހުގެ ބާވަތްތައް ކަމަށް ވީނަމަ ވެސް އެކަން ފުޅާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މެރިކަލްޗާ އާއި އެކުއަކަލްޗާގެ މަސައްކަތްތަކުން އިތުރު ގިނަ ސާމާނު ބޭރު ކުރަން ފަށަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކައުންޓިން ދާއިރާގެ ގިނަ ބޭފުޅުން ބައިވެރިވި ޖަލްސާގައި ސައީދު ވިދާޅުވީި ގޮތުގައި، އެކައުންޓިން އާއި އޮޑިޓިން ރާއްޖޭގައި އަންނަނީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. އަދި މި އިންޑަސްޓްރީ ވަރުގަދަވެ، ރާއްޖެ އިން ބޭރަށް މި އިންޑަސްޓްރީ "އެކްސްޕޯޓް" ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅޭ ދިރާސާތައް ހަދައި، ރަނގަޅު ކުރަންވީ ދާއިރާތައް ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިސްނައިގެން މިފަދަ ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ސިނާއަތުތަތަކުގައި ބޭރު މީހުން ހަރަކާތްތެރިވުން މަނާކޮށް، ލޯކަލައިޒް ކުރުމުން އެ ސިނާއަތުތައް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި އެކައުންޓިންގެ ދާއިރާ އަކީ ވެސް ކުރިއަށް އޮތް ތަނުގައި މުޅިން ދިވެހިން ހަރަކާތްތެރިވާ ބަޔަކަށް ބަދަލު ކުރެވިދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭގެ ފަހުގެ މަޝްވަރާތަކަށް ސައީދު ހޮން ކޮންގަށް
މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި
ފްރީ ޓްރޭޑާއެކު އިތުރު ބޭންކުތައް ރާއްޖެ ގެނެވޭނެ
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް
އެފްޓީއޭ ގައި ޗައިނާއާއެކު ރާއްޖެ ސޮއިކުރަން ނިންމައިފި
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
ޗައިނާއާ އެކު ހެދި އެފްޓީއޭ މަރެއް ނުވޭ: ސައީދު
ފަންނީ އެހީތެރިކަން ހޯދަން ޗައިނާއާ އެކު އެއްބަސްވެއްޖެ