އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބުނު ނަމަވެސް އެއް ފަހަރާ ބޮޑު ހަރަދުތަކެއް ކުރުމަށް ވުރެން ޓީސީ ސްޕޯޓްސް ކްލަބުން އިސްކަންދޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
04 ޑިސެމްބަރ 2017
އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބުނު ނަމަވެސް އެއް ފަހަރާ ބޮޑު ހަރަދުތަކެއް ކުރުމަށް ވުރެން ޓީސީ ސްޕޯޓްސް ކްލަބުން އިސްކަންދޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ވާދަކުރަން ފެށި ޓީސީ އަށް އޭގެ ފަހުން ކުޅުނު ދެ މުބާރާތް ފިޔަވައި ދެން ކުޅުނު ހުރިހާ މުބާރާތެއްގެ ދެ ވަނަ ވަނީ ލިބިފަ އެވެ. ޖުމްލަ ގޮތަކަށް ބަލާއިރު ޓީސީން އަހަރުން އަހަރަށް ޓީމު ވަރުގަދަ ކުރުމުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެއް ނުވެ އެވެ. ނިޒާމްބެ ބުނީ އޭއެފްސީ ކަޕަށް ދާއިރު ވެސް ޓީސީން އެ އުސޫލު ބަދަލުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ކްލަބްގެ ފައިނޭންޝިއަލް ސްޓްރެންތަކަށް ހަމަ ބިނާކޮށްފައި އެކަންކަން ނިންމާނީ. ގަބޫލެއް ނުކުރެވޭ އަދިއެއް ސްޓާ ޕްލޭޔަރުންތަކެއް ލައިގެން ޓީމު ނެރެވޭވަރުގެ ސްޓްރެންތެއް ޓީސީގައި ހުރިހެނެއް. ގަބޫލެއް ނުކުރަން ޓީސީން އެ ވަރުގެ ހޭދައެއް ކުރަން ހިފައިފާނެ ކަމަށް ވެސް،" މި އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީ އަށް ކާމިޔާބު ކޮށްދިން ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ އެގޮތަށް އެކަން ނުކުރަނީ މާޒީގައި ވެފައި ހުރިކަމަކުން އިބްރަތްތަކެއް ހާސިލްވެފައި ހުރުމުން ކަމަށެވެ.
"އެއީ ހަގީގަތުގައި އެހެން ޚަރަދު ކުރާ ޓީމުތަކަށް ވާގޮތަކީ ފެނިގެން ގޮސްފި ވަރަށް ބޮޑެތި މުއްސަނދިން ޓީމުތައް ފަހަތަށް ވަދެގެން އަހަރެއް ކޮށްފައި ދެން ވެގެންދިޔަގޮތް. ހިއެއް ނުވޭ ޓީސީ އެގޮތަށް ނިންމާލާނެހެން. އެއަށް ވުރެން ބޮޑަށް ދެމެހެއްޓެނިވި ގޮތަށް މިކަން ކުރަން ޓީސީން ބޭނުންވާނީ،" ނިޒާމްބެ ބުންޏެވެ.
ޓީސީ މި ހިސާބަށް އައުމުގައި ނިޒާމްބެ އަބަދުވެސް އެންމެ ބޮޑު ކްރެޑިޓެއް ދެނީ މެނޭޖްމަންޓާއި ކުޅުންތެރިންނަށެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް ޓީސީ ގޮވައިގެން ދެވުމަކީ ނިޒާމްބެ ދެކޭ ގޮތުގައި ބޮޑު ކުރިއެރުމެކެވެ.
"މިހާތަނަށް ރާއްޖޭގައި ޓީމެއް ނެރެގެން އެހާ ޅަފަތުގައި އޭއެފްސީ އަށް ނޫނީ ޗެމްޕިއަންކަމާ ހަމައަށް ދަތުރުކޮށްފައި އޮންނާނީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން. ދެން އޭރެއްގައި އެތިބޭ ހުރިހާ ސްޓާ ޕްލޭޔަރުންތަކެއް ގެނެސްގެން. އެއާ ހިލާފަށް ޓީސީން ލޯ ބަޖެޓެއްގައި ޓީމު މިހިސާބަށް ކޮންމެ އަހަރަކު ވެސް މި ގެންނަނީ. ދެން މި ލެވެލްގައި ތިން ވަނަ އަހަރު މި ހިސާބަށް އާދެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މެނޭޖްމަންޓުގެ ބުރަ މަސައްކަތް. ރޭވުންތެރިކަމޭ ބުނަންޖެހޭނީ. ވަރަށް އުފާކުރަން. އުއްމީދަކީ ޓީސީ މި ގޮތުގައި ދެމެހެއްޓުން،" ކުރިން އެކި ކްލަބްތަކަށް ކޯޗުކޮށްދިން ނިޒާމްބެ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީއްސުރެން އެއް ފެންވަރެއްގައި ހިފެހެއްޓުމުގެ ސިއްރަކީ އެއް އާއިލާއެއްގެ ގޮތުގައި މުޅި ޓީމުން ކުރާ މަސައްކަތް ކަމަށް ނިޒާމްބެ ދެކެ އެވެ.
"ޓީސީގެ މެނޭޖްމަންޓް ކުޅުންތެރިންނާ ދޭތެރޭ އެ ބަހައްޓާ އޯގާތެރިކަން އަސްލު ސިއްރަކީ. ހަމައެކަނި ކުޅުންތެރިންނަށް މުސާރަ ދީފައި އެ ހިސާބުން ގަބޫލެއް ނުކުރޭ އަސްލު ޓީސީންނެއް. ބޮޑު ފެމިލީއެއްގެ ގޮތުގައި ގެންގުޅެނީ. ދެން ކުޅުންތެރިން މެނޭޖްމަންޓަށް ކުރާ އިތުބާރު ވެސް ވަރަށް މުހިއްމު. ދެން މެނޭޖްމަންޓުން ކޯޗަށް ކުރާ އިތުބާރު ވެސް މުހިއްމު،" އޭނާ ބުންޏެވެ.
އޭއެފްސީން ގެނައި ބަދަލުތަކާ އެކު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ރާއްޖޭގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން ނިއު ރޭޑިއަންޓަށެވެ. ރާއްޖޭގެ ދެ ވަނަ ޖާގައިގައި ވާދަކުރާ ޓީމެއްގެ ގޮތުގައި ޓީސީ މުބާރާތުގައި ވާދަކުރަން ޖެހޭނީ ޕްރިލިމިނަރީ ބުރުގަ އެވެ.
ޓީސީ އާއި ނިއު ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.
ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސެމީ އަށް
ރަށު ޓީމު ކޮޅަށް ސައްޓު 13 މިނެޓުން ހެދި ހެޓްރިކް
އެފްއޭ ކަޕް 12 ވަނަ ފަހަރަށް ނިއު ކާމިޔާބުކޮށްފި
ފައިނަލެއް ވިޔަސް އިތުރު ޕްރެޝަރެއް ނެތް: ނިޒާމްބެ
މިއީ ނިއު އަށް ހާއްސަ ފައިނަލެއް: އޮސްކާ
ޓީސީ ފައިނަލަށް، މާޒިޔާ އަށް އޭއެފްސީ ކަޕް ގެއްލިއްޖެ
މާޒިޔާއާ ދެކޮޅަށް ޓީސީ ބޮޑު މެޗަކަށް މިރޭ ނުކުންނަނީ
12 އަހަރަށް ފަހު ވެލެންސިއާ އެފްއޭ ކަޕް އުފުލާލައިިފި
ޓީސީ ގޮވައިގެން ނިޒާމް ކުރީގެ ޓީމާ ދެކޮޅަށް ފައިނަލަށް
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް