Roadha Mihaaru
"ދޫނި އެބަ ހިޖުރަކުރޭ، ހިފާ ނަމަ ފިޔަވަޅު އަޅާނަން"

ދޫނި އެބަ ހިޖުރަކުރޭ، ހިފާ ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

27 ނޮވެމްބަރ 2017

މި ދުވަސްވަރު ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް އެބަ ހިޖުރަކުރާ ކަމަށާއި އެއިން ދޫންޏެއް ހިފައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ދުވަސްވަރު ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް އެބަ ހިޖުރަކުރާ ކަމަށާއި އެއިން ދޫންޏެއް ހިފައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

ކޮންމެ އަހަރެއްގެ މި ދުވަސްވަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި އިރުވާހުދާއި ފްލެމިންގޯ ފަދަ ދޫނި ހިމެނޭއިރު، މިއީ ހުސް ހިމާޔަތްކޮށްފައިވާ ދޫންޏެވެ. އެފަދަ ދޫނި ހިފުމަކީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

އީޕީއޭން ބުނީ ރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނި ބައެއް މީހުން ހިފައި، އެއަށް ގޯނާކުރާ ކަމަށެވެ. އަދި މިއީ އެ އެޖެންސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ހިމާޔަތްކޮށްފައިވާ ދޫނި ހިފައިފި ނަމަ ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރެ އެވެ. އެގޮތުން އެންމެ ފަހުން މި ފަދަ ދޫނިތަކެއް ހިފި މީހަކު ވަނީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ހިޖުރަކުރާ ދޫނި ރާއްޖެ އަންނަނީ ވަރަށް ދުރު ރާސްތާއެއް ކަޑައްތުކޮށްފަ އެވެ. އެކި މޫސުންތަކުގައި އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އަންނައިރު، މޫސުން ބަދަލުވުމާ އެކު އެ ދޫނިތައް އެނބުރި ދެ އެވެ.