Roadha Mihaaru
ބައި މިލިއަން ރުފިޔާގެ އަލިގަދަ ތަރިއަކަށް ނަސީމް

ބައި މިލިއަން ރުފިޔާގެ އަގުހުރި އަލި ގަދަ ތަރިއަކަށް ނަސީމް ހޮވިއްޖެ

06 ޖުލައި 2016

ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު މި އަހަރުގެ އެންމެ އަލިގަދަ ތަރިއަކަށް ށ. ފޯކައިދޫ އަށް އުފަން އާދަމް ނަސީމް ހޮވިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު މި އަހަރުގެ އެންމެ އަލިގަދަ ތަރިއަކަށް ށ. ފޯކައިދޫ އަށް އުފަން އާދަމް ނަސީމް ހޮވިއްޖެ އެވެ.

ޓީވީއެމުން ރޯދަ މަހު ކުރި އަށް ގެންދާ މި ގުރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭގައި ނަސީމް އަށް އެންމެ އަލިގަދަ ތަރީގެ ޓްރޮފީއާ އިނާމް ހަވާލު ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ނަސީމަށް ދިން އިނާމްތަކުގެ އަގު 1.9 މިލިއަނަށް އަރާއިރު، ޓީވީއެމުން ވަނީ އޭނާ އަށް ފަސް ލައްކަ ރުފިޔާ ދީފަ އެވެ.

އާދަމް ނަސީމާ ވާދަ ކުރި ހއ. އުތީމަށް އުފަން އިބްރާހިމް އިމާޒަށް ދެ ވަނަ ލިބުނުއިރު، މުބާރާތުގެ ތިން ވަނަ ހޯދީ ސ. މަރަދޫ އަށް އުފަން އަބްދުﷲ ތޯލިބެވެ.

މި އަހަރުގެ އެންމެ އަލިގަދަ ތަރި މުބާރާތުގެ ދެވަނަ ހާސިލް ކުރި އިމާޒް.-- ފޮޓޯ: ޕީއެސްއެމް

މި އަހަރުގެ އެންމެ އަލިގަދަ ތަރި މުބާރާތުގެ ދެވަނަ ހާސިލް ކުރި އިމާޒް.-- ފޮޓޯ: ޕީއެސްއެމް

މިއީ ގުރުއާން މުބާރާތަކުން އެހާ ގިނަ އަދަދެއްގެ ފައިސާ ދިން ފުރަތަމަ ފަހަރެވެ.

ގަދަ ތިނަކަށް ހޮވުނު ބައިވެރިންނަށް އިސްލާމިކް ޔުނިވާސިޓީން ވަނީ ތިން އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރި ވާން ސްކޮލަޝިޕެއް ދީފަ އެވެ. އަދި މި މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ، އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިން ހުށަހެޅި 1.3 މިލިއަން ރުފިޔާގެ އަގުހުރި ހެލްތު އިންޝުއަރެންސް ޕެކޭޖު ފަދަ އިތުރު އިނާމުތައް ލިބުނެވެ. ހާއްސަކޮށް، މިއިން ކޮންމެ މީހަކަށް ހައްޖު ދަތުރަކާއި ތިން ހަރަމްގް އުމްރާ ދަތުރެއް ވެސް ވަނީ ލިބިފަ އެވެ.

އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ތިން ވަނަ ހާސިލް ކުރި ތޯލިބު. - ފޮޓޯ: ޕީއެސްއެމް

އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ތިން ވަނަ ހާސިލް ކުރި ތޯލިބު. - ފޮޓޯ: ޕީއެސްއެމް

ގްރޭންޑް ފިނާލޭގައި ޕީއެސްއެމް އިން ވަނީ އެންމެ އަލިގަދަ ތަރީގެ "ޖޫނިއާ" މުބާރާތެއް ވެސް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި ރައީސްގެ ދައުވަތަށް ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް އަންނަ އަހަރުން ފެށިގެން ބާއްވާނެކަން ވެސް އިއުލާން ކުރި އެވެ.

މިއީ ޓީވީއެމުން އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ބޭއްވި ހަތަރު ވަނަ ފަހަރެވެ.