Roadha Mihaaru
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް، ތިން މަހުގެ ބޮޑު ޑިސްކައުންޓަކާ އެކު ގުޅައިދިނުން ހިލޭ

13 ނޮވެމްބަރ 2017

ރާއްޖޭގައި ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގައި ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން، ފައިބާ ކަނެކްޝަނާއި އޭޑީއެސްއެލް ގުޅައިދިނުމުގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ނަގާ ކޮންމެ ކަނެކްޝަނަކަށް މަހުފީ ގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 17 ރަށަކަށް ދިރާގުން "ފައިބާ ޓު ދަ ހޯމް" ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ބޮޑެތި އާބާދީތައް އުޅޭ ރަށްރަށް އަންނަނީ ދެމުންނެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަނީ ފަސް އެމްބީޕީއެސް، 10 އެމްބީޕީއެސް، 15 އެމްބީޕީއެސް، 25 އެމްބީޕީއެސް އަދި 50 އެމްބީޕީއެސްގެ އިތުރުން 100 އެމްބީޕީއެސް އެވެ.