14 އެޕްރީލް 2019
މިއީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް ކަމަށާއި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ވެސް ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުޅާކުރުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިއީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއް ކަމަށާއި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ވެސް ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުޅާކުރުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ 75 ފަސެންޓް ސަރަހައްދަށް ދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ވާއިރު، ވީހާ ވެސް ގިނަ ރަށްރަށަށް ހައިސްޕީޑް އިންޓަނެޓް ލިބި، ޑިޖިޓަލް ހިދުމަތްތައް ދޭ މިންވަރު އިތުރުވާނެ ކަމަށެވެ.
ރައީސް ވިދޅުވި ގޮތުގައި، ދިރާގުން ފަށާފައިވާ ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ އަމާޒަކީ ވެސް ރަށްރަށުގެ މެދުގައި ތަފާތު ނުކޮށް އެއް ފެންވަރެއްގައި، އެއް އަގެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
"ވެރިރަށް މާލެއާ އެކު ރާއްޖޭގެ އެންމެ އާބާދީ ބޮޑު 58 ރަށަށް ހައިސްޕީޑް އިންޓަނެޓްގެ ޚިދުމަތް މިހާރު ލިބޭނެ. ރަށުގެ އަދަދުން މަދުވިޔަސް އެއީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓު. އަޅުގަނޑުމެން މިހާރު އެއް ރަށުން އަނެއް ރަށަށް މުވާސަލާތު ކުރަމުން ދަނީ ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ކަނޑުގެ އަޑިން ގުޅާލާފައިވާ 1،253 ކިލޯ މީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް ވިއުގައަކުން،" ރައްޔިތުން އުންމީދު ކުރާ ހަލުވި މިނުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޑިޖިޓަލައިޒް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މި ވިއުގައިގެ ސަބަބުން ރާއްޖޭގެ ސިއްހީ، އިޖުތިމާއީ، އިގްތިސާދީ ތަރައްގީ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއިން އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ޑިޖިޓަލް ވިއުގަ އިން މިހާރު ގުޅާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ތައުލީމީ ދާއިރާގެ ހިދުމަތައް ގުޅާލާފައިވާ އިރު ޝަރުއީ ކޯޓުތައް ވެސް ގުޅާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވިޔަފާރި އާއި އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދުމުގައި އެހީތެރިވުމުގެ އިތުރަށް އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމުގައި ވެސް ދިރާގުގެ ހިއްސާ ބޮޑުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަ ކުރެއްވި އެވެ.
"ޒަމާނީ ޓެކްނޮލޮޖީގެ ދުވަސްވަރު ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރެވެނީ އެންމެ ރަނގަޅަށްތޯ، މިއީ ވެސް ވިސްނާލަން ޖެހޭ ކަމެއް. ޖިޑިޓަލް ޓެކްނޮލޮޖީ އަކީ އެއްވެސް އިމެއް ހިފެހެއްޓުމެއް ނެތި ތަރައްގީވެ ފައްކާވަމުން އަންނަ ސިނާއަތެއް،" ރައީސް ވިދާޅުވި އެވެ.
"ޓެކްނޮލޮޖީގެ ދާއިރާ އިން ދިވެހި ޒުވާނުން އިތުރަށް އުފެއްދުމަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ކަމެއް. ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އާ ކަންތައްތަކަށް ތަރުހީބުދޭ ބަޔަކަށްވާ އިރު އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމަށް މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާ މެދު އަޅުގަނޑުމެން ވިސްނަން ވެއްޖެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަމުގައި ވެސް ދިރާގަށް އެހީތެރިވެވިދާނެ."
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ
ދިރާގުން ހިލޭ ޑޭޓާ އާއި ޑިސްކައުންޓް ޖޫންގައި ވެސް
އިންޓަނެޓްގެ އަގު ބުދަ ދުވަހުން ފެށިގެން ހެޔޮވާނެ
އިންޓަނެޓުހިދުމަތަށް ލުޔެއް ގެނައުމުގެ މަޝްވަރާ ކުރިއަށް
އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތް ކުރަމުން