26 މެއި 2020
ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް ފޯނުތަކަށް ދީފައިވާ ހިލޭ ޑޭޓާ އާއި ޑިސްކައުންޓް އަންނަ މަހު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް ފޯނުތަކަށް ދީފައިވާ ހިލޭ ޑޭޓާ އާއި ޑިސްކައުންޓް އަންނަ މަހު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ހިލޭ ޑޭޓާ އާއި ޑިސްކައުންޓް އޮފާތައް ތައާރަފްކުރީ މިދިޔަ މާޗް މަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުންނެވެ. މި އޮފާތައް އަންނަ ޖޫން މަހު ވެސް ދޭ ގޮތަށް ނިންމީ މި ދަނޑިވަޅު އިންޓަނެޓް ބޭނުން ކުރަން ޖެހިފައިވާ މިންވަރު ކުރިއަށްވުރެ އިތުރު ވެފއިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ދޭ އޮފާތަކުގެ ތެރޭގައި ހޯމް ފިކްސްޑް ބްރޯޑް ބޭންޑު ކަސްޓަމަރުންނަށް އަންނަ މަހު ވެސް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ޖޫން 15 އާ ހަމައަށް ހުރިހާ ބޫސްޓާތަކުން 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.
ދިރާގުގެ ހުރިހާ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މިދިޔަ ތިން މަހު ލިބުނު އިތުރު ޑޭޓާ އަންނަ މަހު ވެސް ލިބޭނެ އެވެ. އެއީ 50-75 ޕަސެންޓާ ދެމެދުގެ ހިލޭ ޑޭޓާ އެވެ. އަދި ބޫސްޓާތަކުން ވެސް 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި މަންތްލީ ޑޭޓާ އެޑް އޮންތަކުން އިތުރު 50 ޕަސެންޓް ޑޭޓާ ހިލޭ ދިނުމާއި ވޮއިސް އެޑް އޮންތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުން ހިމެނެ އެވެ. މި އޮފާތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.
މީގެ އިތުރުން ދިރާގު މަމެން ބޭނުން ކުރާ ކަސްޓަމަރުންނަށް ހުރިހާ ޑޭޓާ ޕްލޭންތަކުން 20 ޕަސެންޓް އިތުރު އެލަވެންސް ލިބޭއިރު ހުރިހާ އެލްޓީއީ ބޫސްޓަރުތަކުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގުން 5ޖީ ޓާބޯ ވައިފައި ތައާރަފް ކޮށްފި
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ
އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތް ކުރަމުން
އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާކުރުން: ރައީސް
ހައި ސްޕީޑް އިންޓަނެޓު ގުރައިދޫ، މިލަންދުއަށް