13 ނޮވެމްބަރ 2017
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ލިބިފައިވީ ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން، އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ލިބިފައިވީ ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން، އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިން ނިންމާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކޮންގްރެސް ބޭއްވުމަށެވެ. ނަމަވެސް ސަރުކާރުން ޕާޓީ އަށް ދޭން ޖެހޭ ފައިސާ ނުލިބޭތީ އޭރު ކޮންގްރެސް ނުބޭއްވުނީ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެކަމަކު އޭގެ ފަހުން ފައިސާ ލިބިފައިވީ ނަމަވެސް ކޮންގްރެސް ބާއްވާނެ ދުވަހެއް ކަނޑަނާޅާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ 27 މިލިއަން ރުފިޔާ މިދިޔަ މަހު ސަރުކާރުން ދޫކޮށްފައިވާ އިރު، އެމްޑީޕީ އަށް ލިބުނީ 7.4 މިލިއަން ރުފިޔާ އެވެ.
ހަސަން ވިދާޅުވީ ސަރުކާރުން ދޫކޮށްފައިވާ ފައިސާ ޚަރަދު ކުރާނީ މި އަހަރުގެ މިހާތަނަށް އެ ޕާޓީ ހިންގުމަށް ހޭދަވި ފައިސާ ދެއްކުމަށް ކަމަށާއި ޕާޓީގެ ކޮންގްރެސް ބާއްވާނީ އެކަމަށް ޚާއްސަކޮށްފައިވާ ފަންޑަށް ފައިސާ ލިބުމުން ކަމަށެވެ.
"މިހާތަނަށް ޕާޓީ ހިންގާފަ ހުންނާނީ އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ދެއްތޯ. ސަރުކާރުން ދޫކުރި ފައިސާ ހަރަދު ކުރަންޖެހޭ އެ ފައިސާ ދެއްކުމަށް. ފަންޑަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން." ހަސަން ވިދާޅުވި އެވެ.
އެމްޑީޕީން ކުރިން ބުނި ގޮތުގައި ކޮންގްރެސް އަށް 2.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު 1،123 މީހުން ބައިވެރިވާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް ނެތް: ހަސަން
ކޮންގްރެސްގައި 1500 މީހުން ބައިވެރިވާނެ: އެމްޑީޕީ
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން
ލީޑަރުން ދެއްވީ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން
އެމްޑީޕީގެ ރައީސް ކަމަށް އިބޫ ހަމަޖައްސައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ
ނަޝީދުގެ ފެކްޝަނުން މިރޭ ގާސިމާ ބައްދަލުކުރަނީ
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި