Roadha Mihaaru
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

12 ފެބުރުއަރީ 2022

އެމްޑީޕީގެ ޗެއާޕާސަނާއި އެ ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ޗެއާޕާސަނާއި އެ ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ޕާޓީން ކުރި އިއުލާނުގައި ބުނީ ޗެއާޕާސަންގެ މަގާމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިމަތިލައްވަން ވަނީ ނިންމައިފަ އެވެ.

އެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށްފަހު، އަންނަ އޮގަސްޓް 4 ގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ އެ ހުރިހާ ކަމެއް ފާސްކޮށްފަ އެވެ.

އެ މަޖިލީހުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިސްރާބު ހިފުމަކީ ގައުމީ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. އެއާއެކު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުމަށް ޕާޓީގެ ކޮންގްރެސް އެއް ބާއްވައި އެ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.